ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑަށް 10 ބުރީގެ ޢިމާރާތެއް އެޅުމަށް ޑީޓެއިލްޑް ޑިޒައިނެއް ހަދާދޭނެ ފަރާތެއް ހޯދުން.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު : WAMCO-LOG/IUL/2017/097

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑަށް 10 ބުރީގެ ޢިމާރާތެއް އެޅުމަށް ޑީޓެއިލްޑް ޑިޒައިނެއް ހަދާދޭނެ ފަރާތެއް ހޯދުން.

2017 އޮކްޓޯބަރ 19 ވަނަ ދުވަހު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމަށް އޮފީހެއް ގޮތުގައި ބޭނުންކުރުމަށް 10 ބުރީގެ ޢިމާރާތެއް އެޅުމަށް ޑީޓެއިލްޑް ޑިޒައިނެއް ހަދާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި (ނަންބަރ WAMCO-LOG/IUL/2017/91) ގުޅިގެން، 02 ނޮވެމްބަރ 2017 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބޭއްވުނު ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ލިބިފައި ނުވުމާއި ގުޅިގެން (ނަންބަރ WAMCO-LOG/IUL/2017/91) އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމަވެ.

ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި ވެމްކޯގެ މައި އޮފީސް، މއ. ޖަންބުގަސްދޮށުގެ، ދެވަނަ ފަންގިފިލާ، މަޖީދީމަގަށް ޙާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މައުލޫމާތު ކަރުދާހައި އެއް ގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

 

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

23 ނޮވެމްބަރ 2017 (ބުރާސްފަތި)

12:00 (މެންދުރު)

ބީލަން ހުށަހެޅުން

29 ނޮވެމްބަރ 2017 (ބުދަ)

12:00 (މެންދުރު)

 

 

 

 

 

2017 ނޮވެމްބަރ 29 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.  މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ދެވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3000581  ، ފެކްސް ނަންބަރު:  3000584 

[email protected]

26 ސަފަރު 1439

16 ނޮވެމްބަރ 2017

16 ނޮވެންބަރު 2017
ހޯދާ