މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ ދުވަހާއި ގުޅޭ ހަރަކާތްތަކެއް ރާވައި ހިންގާނެ ފަރާތެއް ހޯދުމަށް

އިޢުލާން

2017 ވަނައަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެގޮތުން މިއަހަރުގެ ޑިސެންބަރު މަހުގެ 16 އަދި 17 ގައި މިމިނިސްޓްރީއިން އިންތިޒާމްކޮށް، މާލެއަތޮޅު ތުލުސްދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަފްލާއާއި މައުރަޒާއި، ކުޅިވަރުގެ ހަރަކާތްތައް ރާވައި ހިންގައިދޭނެ ފަރާތެއް ހޯދުމަށް، މިމިނިސްޓްރީގެ ނަންބަރު IUL)88-PS/88/2017/32) (31 އޮކްޓޫބަރު 2017) އިޢުލާންއިން ފުރުޞަތު ހުޅުވާލުމުން ތިން ފަރާތުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެޢިއުލާނު ބާތިލްކޮށް އަލުން މިމަސައްކަތަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 20 ނޮވެންބަރު 2017 ވާ ހޯމަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 ނޮވެންބަރު 2017 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދަސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދަސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދެންނެވީމެވެ.  

 

25 ޞަފަރު  1439

14 ނޮވެންބަރު 2017
ހޯދާ