މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ ދުވަހާއި ގުޅޭ ހަރަކާތްތަކުގެ ދަތުރު ފަތުރު ރާވައި ހިންގާނެ ފަރާތެއް ހޯދުމަށް

ފަތުރުވެރިކަމުގެ ދުވަހާއި ގުޅޭ ހަރަކާތްތަކުގެ ދަތުރު ފަތުރު ރާވައި ހިންގާނެ ފަރާތެއް ހޯދުން

2017 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަހަރުގެ ޑިސެމްބަރު މަހުގެ 16 އަދި 17 ވަނަ ދުވަހު މާލެ އަތޮޅު ތުލުސްދޫގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަށް ބެނުންވާ ލޯންޗް ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް އެދި ޝަޢުގްވެރިވެލައްވާ ފަރާތްތަކުން 15 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ 13:30 އަށް ރީޖަނަލް އެއާޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ 13:30 އަށް ރީޖަނަލް އެއާޕޯޓްސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

 

12 ނޮވެންބަރު 2017
ހޯދާ