މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
"އެމަރޖެންސީ ޕްރެޕެއަރޑްނެސް އެންޑް ރެސްޕޯންސް ފޯރ ވޯޓަރ ސެނިޓޭޝަން އެންޑް ހައިޖީން (ވޮޝް) ސެކްޓަރ" އާއި ގުޅޭގޮތުން ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންޓެއް ހޯދުމާއި ބެހޭ

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން "އެމަރޖެންސީ ޕްރެޕެއަރނެސް އެންޑް ރެސްޕޯންސް ފޯ ވޯޓަރ ސެނިޓޭޝަން އެންޑް ހައިޖީން (ވޮޝް) ސެކްޓަރ" އާއި ގުޅޭގޮތުން ޕްލޭނެއް ތައްޔާރުކުރުމަށް ނޭޝަނަލް ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއެވެ.

މިގޮތުން ނޭޝަނަލް ކޮންސަލްޓަންޓްގެ މަސްއޫލިއްޔަތަކީ ރަށްރަށުގައި ބޯފެނަށްޖެހުމުން ފުރަތަމަ ތިން ހަފްތާއާއި ހަތަރު ހަފްތާއާއި ދޭތޭރޭގައި ކަންތައްކުރާނެގޮތުގެ ރެސްޕޯންސް ސްޓްރެޓެޖީއަކާއި އޮޕަރޭޝަނަލް ޕްލޭނެއް ތައްޔާރުކުރުމެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ކޮންސަލްޓަންޓުންނަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިޢުލާނާއެކު ޑައުންލޯޑް ކުރެއްވުމަށް އެޓޭޗް ކުރެވިފައިވެސް ވާނެއެވެ. މި ކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުން ވެއްޖެނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުތު ހަމަވާ ފަރާތްތަކުން 26 ނޮވެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 1200 ގެ ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުއްވުންއެދެމެވެ.

ޕްރޮކިއުމަންޓް ޔުނިޓް 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާފަންނު 20392، މާލެ،

ދިވެހިރާއްޖެ

ފޯން: 3018341 (960) ، ފެކްސް: 3018301 (960)

ވެބްސައިޓް: http://www.environment.gov.mv

 

12 ނޮވެންބަރު 2017
ހޯދާ