ތ. ދިޔަމިގިލީ މަދަރުސާ
ދިވެހިރާއްޖެ
2018 ވަނަ އަހަރު ދިޔަމިގިލީ މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

 

 ދިޔަމިގިލީ މަދަރުސާ

ތ. ދިޔަމިގިލި ، ދިވެހިރާއްޖެ                                                    

                     ނަމްބަރ:DM / 04 / 2017/I-11

               އިޢުލާން

 

ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

 

                     ކޮންޓްރެކްޓް  އުސޫލުން  01 ޖެނުއަރީ 2018  އިން  31 ޑިސެމްބަރ 2018ގެ ނިޔަލަށް މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                     މި މަސައްކަތަށް  ހުށަހެޅުމުގެ  ފުރުޞަތު  ހުޅުވާލެވިފައިވަނީ  ވިޔަފާރި  ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީ  ކުރެވިފައިވާ ފަރާތްތަކަށާއި  އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 މަޢުލޫމާތު ސާފުކުރުމަށް

16 ނޮވެމްބަރ  2017 ބުރާސްފަތި، ހެނދުނު 10.30

އަންދާސީ ހިސާބު ހުށަހެޅުމަށް

22 ނޮވެމްބަރ  2017 ބުދަ، ހެނދުނު 10:30

 މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި ސުކޫލަށް ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

                                                    08   ނޮވެމްބަރ   2017 

08 ނޮވެންބަރު 2017
ހޯދާ