މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ ދުވަހާއި ގުޅޭ ހަރަކާތްތަކުގެ ސަޔާއި ކެއުމުގެ އިންތިޒާމް ރާވައި ހިންގާނެ ފަރާތެއް ހޯދުމަށް

ފަތުރުވެރިކަމުގެ ދުވަހާއި ގުޅޭ ހަރަކާތްތަކުގެ ސަޔާއި ކެއުމުގެ އިންތިޒާމް ރާވައި ހިންގާނެ ފަރާތެއް ހޯދުން

2017 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަހަރުގެ ޑިސެމްބަރު މަހުގެ 16 އަދި 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައެއް ހަރަކާތްތަކަށް ބޭނުންވާ ކެއުމާއި ސައި ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ އަތޮޅު ތުލުސްދޫގައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 12 ނޮވެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދެންނެވީމެވެ.

                                       

18 ޞަފަރު 1439

07 ނޮވެންބަރު 2017
ހޯދާ