މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ވަޒިފާގެ ފުރުސަތު - އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ (ވަގުތީ)

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-291073

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ވަގުތީ

މުއްދަތު

ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 31 މެއި 2018 ގެ ނިޔަލަށް

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

ސްޓެޓިސްޓިކްސް އެންޑް ރިސާރޗް ސެކްޝަން

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ، ކ. މާލެ

މުސާރަ:

މަހަކު 4,465.00 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 1,500.00 ރުފިޔާ

އިތުރު އެލަވަންސް:

މުސާރައިގެ %35

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ފަތުރުވެރިން ބައިތިއްބާ ތަންތަން (ރިޒޯޓް/ހޮޓެލް/ގެސްޓްހައުސް/ސަފާރީ އުޅަނދު) ބެޑްނައިޓްސް ރިޕޯޓް ތައްޔާރުކުރުން

2. މިމިނިސްޓްރީއިން މަހަކު އެއްފަހަރު ނެރުމަށް ހަމަޖެހިފައިވާ އެރައިވަލް ރިޕޯޓްއާއި ޓޫރިޒަމް އިންޑިކޭޓަރ ޓޭބަލް ނެރުން

3. ސަރުކާރުގެ ދާއިރާތަކުންނާއި ޢާއްމު ފަރާތްތަކަށް ބޭނުންވާ ފަތުރުވެރިކަމާއި ބެހޭ ތަފާސްހިސާބު ތައްޔާރުކޮށް އެފަރާތްތަކަށް ފޯރުކޮށްދިނުން

4. ޓޫރިޒަމް ތަފާސް ހިސާބާބެހޭ އަހަރީ ފޮތް (ސްޓެޓިސްޓިކަލް އިޔަރ ބުކް) ތައްޔާރުކުރުމުގައި އެހީތެރިވެ، އެކިދާއިރާތަކުން މަޢުލޫމާތު އެއްކޮށް ފޮތް ޗާޕުވުމުން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

5. ޔޫ.އެން.ޑަބްލިއު.ޓީ.އޯ، ޕާޓާ އަދި މިނޫންވެސް މިފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް ބޭނުންވާ ތަފާސް ހިސާބުހޯދުމަށް އެދުމުން އެފަރާތްތަކަށް ފޯރުކޮށްދިނުން

6. ލިކަރޕާމިޓް އެޕްލިކޭޝަން ފޯމުގެ މިނިސްޓްރީ އޮފް ޓޫރިޒަމް އިން ފުރިހަމަކުރަންޖެހޭބައި ފުރިހަމަކޮށް އެފަރާތްތަކާ ހަވާލުކުރުން

7. ސެކްޝަންގެ ބަޖެޓް ތައްޔާރުކުރުން 

8. ސެކްޝަންގެ އެކި ލިޔެކިއުންތައް ތަރުތީބުކޮށް ފައިލް ކުރުން

9. ފަތުރުވެރިކަމަށް އަމާޒު ކުރެވިގެން ހިންގޭ ސާރވޭ އިންތިޒާމްކޮށް ކުރިއަށް ގެންދިއުމާއި ސާރވޭގެ ރިޕޯޓްތައް ތައްޔާރުކޮށް އެކުލަވާލުމުގައި އެހީތެރިވުން   

މަޤާމުގެ ޝަރުޠުތައް:

1. ބިޒްނަސް މެނޭޖްމަންޓް / ޓޫރިޒަމް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ބިޒްނަސް މެނޭޖްމަންޓް / ޓޫރިޒަމް މެނޭޖްމަންޓުންކުރެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަފާސް ހިސާބު މަސައްކަތު ދާއިރާއިން މަސައްކަތު ތަޖްރިބާ ލިބިފައިވުން.
  2. މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވުން ނުވަތަ SPSS ސޮފްޓްވެއަރ ބޭނުންކުރަން އެނގުން.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  6. ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާ ކެތްތެރިކަމާއެކު ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (www.tourism.gov.mv ވެބްސައިޓްގައިވާ ނަމޫނާއާއެއްގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ޓޫރިޒަމްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.tourism.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ20 ނޮވެމްބަރ2017 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،[email protected]  އެވެ. ފެކްސް ނަންބަރަކީ، 3322512 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނީ،  21 ނޮވެމްބަރ 2017  އާއި 03 ޑިސެމްބަރ 2017 އާ ދެމެދު، މިނިސްޓްރީ އޮފް ޓޫރިޒަމްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއާއި ޕްރެކްޓިކަލްއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަވިކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޕްރެކްޓިކަލްއަށް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ އަކީ %30 އެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022225 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3322512 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

06 ނޮވެންބަރު 2017
ހޯދާ