އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
ފޯމެން ( ވަގުތީ )

ނަންބަރު:37GS210/IUL/2017/

 

ފޯމެން

އިޢުލާން

މިސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ.

މަޤާމް:

ފޯމެން ( ވަގުތީ )

މަޤާމުގެ ނަންބަރު:

-

ގިންތި:

 ވަގުތީ ( 1 އަހަރު )

ބޭނުންވާ އަދަދު:

01  

މަޤާމުގެ ރޭންކް:

އެސް އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ސެކްޝަން:

އެޑްމިން

މަޤާމް އޮތް އޮފީސް:

ރ.އުނގޫފާރު ސްކޫލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރ.އުނގޫފާރު ސްކޫލް

މުސާރަ:

 -/3875

ސަރވިސް އެލެވަންސް:

 -/1000

 

އިތުރު ޢިނާޔަތްތައް:

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

 މަޤާމުގެ މަސްއޫލިއްޔަތުތަކާއި  ވާޖިބުތައް:

  1. ސްކޫލްގެ މަސައްކަތު މީހުން ޑިއުޓީ ތާވަލާއި އެއްގޮތަށް ޑިއުޓީއަށް ނިކުމެ މަސައްކަތް ކުރޭތޯ ބަލާ ދުވަހުން ދުވަހަށް އިސްފަރާތަކަށް ރިޕޯޓްކުރުން.
  2. މަސައްކަތު މާހައުލުގައި މަސައްކަތްކުރުމަށް ބޭނުންވާތަކެތި ހޯދައިދީ، އިތުރަށް ބޭނުންވާނަމަ ސްކޫލުގައި ރިކުއެސްޓްކޮށްގެން ހޯދުން.
  3. ކޮންމެ ދުވަހަކު ހެނދުނު 6:45 ގައި ކުލާސްތައް ކުނިކަހާ ސާފުކޮށްފައިވޭތޯ ޔަޤީންކުރުން.
  4. ދުވާލަކު އެއްފަހަރު މަސައްކަތު މީހުން ކުނިކަހާ،ފޮޅާ ސާފުކުރުމަށް ހަވާލުކޮށްފައިވާ ސަރަހައްދުތައް ކުނިކަހާ ސާފުކޮށްފައިވޭތޯ ބަލާ ޔަޤީންކުރުން.
  5. ސްކޫލްގެ ބަގީޗާ ، ގަސްތަކަށް ދުވަހުން ދުވަހަށް ފެންދީފައިވޭތޯ ބަލާ ޗެކްކުރުން.
  6. ސްކޫލްގެ ބަގީޗާ ، ގަސްތަކަށް ސްކޫލުން އަންގާ ގޮތެއްގެ މަތިން ހަފުތާއަކު އެއްފަހަރު ކޮށާފައިވޭތޯ ބަލާ ޗެކްކުރުން.
  7. ހަފްތާއަކު އެއްފަހަރު ސްކޫލް އިމާރާތްތަކުގެ ދިޔަދޮވިތައް މަސައްކަތު މީހުން ލައްވާ ސާފުކުރުވުން.
  8. ހަފްތާއަކު އެއްފަހަރު މަސައްކަތު މީހުން ލައްވާ ސްކޫލް އިމާރާތްތަކުގެ ކަތިފިލާތައް ފޮޅާ ސާފުކުރުވުން.
  9. ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00ގެ ކުރީން ސްކޫލްގެ ހުރިހާ ބްލޮކްތަކެއްގައި ހުރި ފަންކާ ،ހޮޅިބުރި ، ޑެސްކު،މޭޒު ،ގޮނޑި އަދި ދަރިވަރުންގެ ފާހާނާ ތަކުގައިވާ ތަކެތީގެ ހާލަތު އަންގައިދޭ ރިޕޯޓެއް ހަވާލުވެ ހުންނަވާ ވެރިޔާ އަށް ހުށަހެޅުން.
  10. ދަރިވަރުންގެ ފާހާނާތަކުގެ ކުދި މަރާމާތުތައް ކުރުން.
  11. ސްކޫލަށް ގެނެވޭ ތަކެތި ބަނދަރުން ސްކޫލަށް މަސައްކަތު މީހުން ލައްވާ ގެނައުން.
  12. ސްކޫލް ގުދަން ބެލެހެއްޓުން.
  13. ސްކޫލުން ބޭރަށް ދޫކުރާ ތަކެތި ސްކޫލަށް އަނބުރާ ގެނައުމުން ހަމަތޯ އަދި އެއްވެސް ގެއްލުމެއްލިބިފައިވޭތޯ ވަގުތުން ޗެކްކޮށް ރިޕޯޓްކުރުން.
  14. ސްކޫލުން ބޭނުންވެއްޖެ ހިނދެއްގައި ކޮންމެ ވަގުތަކުވެސް އެހީތެރިކަން ފޯރުކޮށްދިނުން.

 

 

 

 

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

  ނުވަތަ؛

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސްއެއް/ހުއްދައެއް/ ސަނަދެއް ހާސިލްކޮށްފައިވުން.

ނޯޓް : މަޤާމުގެ އޮނިގަނޑު ފެށޭ ރޭންކަކީ އެސް އެސް 2 ކަމުގައިވާނަމަ ، މަތިގައި ބަޔާންކުރެވިފައިވާ ޝަރުތުތަކުގެ އިތުރަށް ތިރިގައިމިވާ ޝަރުތު ބޭނުންކުރެވިދާނެއެވެ.

  • ލިޔަންކިޔަން ދަތުމާއި އެކު ، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެމަސައްކަތްކުރެވޭފަދަ ސިއްހަތެއްގައިހުރި މީހެއްކަމުގައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޖިސްމާނީ ޤާބިލުކަންހުރި މިންވަރާއި، ނަފްސާނީ ޤާބިލުކަން ހުރި މިންވަރު.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.

 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.  

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ  (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ  ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ  މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު  ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ  ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ  ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ  ލިޔުންތަކުގެ ކޮޕީ

  1. (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި  މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  2. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި  ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ  ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 ވަޒީފާއަށް އެދޭ ފޯމު މި ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ނޮވެމްބަރު 2017 ވާ ބުރާސްފަތި  ދުވަހުގެ 13:00ގެ ކުރިން،އުނގޫފާރު ސްކޫލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected]  އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާތިލްކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  09 ނޮވެމްބަރު 2017 އާއި 13 ނޮވެމްބަރު 2017   އާ ދެމެދު މިސްކޫލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލައަކީ 30 އިންސައްތަ އެވެ.

 

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580262 ނަންބަރު ފޯނާއެވެ.

                   

 

               12 ސަފަރު 1439

        01 ނޮވެމްބަރު 2017

01 ނޮވެންބަރު 2017
ހޯދާ