ތ. ދިޔަމިގިލީ މަދަރުސާ
ދިވެހިރާއްޖެ
އޮފީސް ރޫމްގައި ކެބިން ހެދުމާއި ޕްރިންސިޕަލްގެ ކެބިންއަށް ފަރުނީޗަރު ހޯދުން

`

 ދިޔަމިގިލީ މަދަރުސާ

ތ. ދިޔަމިގިލި ، ދިވެހިރާއްޖެ                                                    

ނަމްބަރ:DM / 04 / 2017 /I-08

 

އިޢުލާނު

 

އޮފީސް ރޫމްގައި ކެބިން ހެދުމާއި ޕްރިންސިޕަލްގެ ކެބިންއަށް ފަރުނީޗަރު ހޯދުން

 

              މިމަދަރުސާގެ    އޮފީސް   ރޫމް  ތެރޭގައި  ކެބިން  ހަދައިދޭނެ   ފަރާތެއް   ހޯދުމަށް   ކުރިން   ކުރެވުނު  ނަމްބަރު: DM / 04 / 2017 /I-06  އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ޢަދަދު މަދުކަމުން އެއިޢުލާނު ބާތިލުކޮށް އަލުން  އިޢުލާނުކުރި ވާހަކަ ދަންނަވަމެވެ.

              މިމަދަރުސާގެ އޮފީސް ރޫމް ތެރޭގައި ކެބިން ހެދުމާއި، ޕްރިންސިޕަލް ކެބިންއަށް ފަރުނީޗަރު ހޯދައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

              ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް  ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ދިޔަމިގިލީ މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ދިޔަމިގިލީ މަދަރުސާގެ އޮފީސް ރޫމްގައި ކެބިން ހެދުމާއި ޕްރިންސިޕަލްގެ ކެބިންއަށް ފަރުނީޗަރު ހޯދުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް

09 ނޮވެމްބަރ  2017 ބުރާސްފަތި ، ހެނދުނު 10:30

އަންދާސީ ހިސާބު ހުށަހެޅުމަށް

13 ނޮވެމްބަރ  2017  ހޯމަ ، ހެނދުނު 10:30

 ކުންފުނި އިންވެސްޓްމެންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލުކުރައްވާ ކުންފުނި، ނުވަތަ އިންވެސްޓްމަންޓް ނުވަތަ ވިޔަފާރި އެނގޭނެފަދަ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.

އަމިއްލަ ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ހާޒިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

އަމިއްލަ ފަރާތަކުން އެ ބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް، އެހެން ބޭފުޅަކު ހާޒިރުވެލައްވާނަމަ، ހާޒިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. އަދި އެބޭފުޅަކު ތަމްސީލުކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވާނީ ކޮންބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.  

މި މަސައްކަތަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މީގެ އިތުރުން، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުންނާއި އަންދާސީހިސާބު ހުށަހެޅުމަށް އޮންނަ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.

 މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780609 ނަމްބަރ ފޯނާއެވެ.

                 31  އޮކްޓޫބަރ 2017

                                                                                އަޙްމަދު ޢަލީ                                                                                                 

                                                                                ލިޑިންގ ޓީޗަރ

                                                                          (މަދަރުސާ ހިންގުމާއި ޙަވާލުވެހުރި )

 

31 އޮކްޓޫބަރު 2017
ހޯދާ