ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންނާރުގޭ އިރަށް އޯކިޑް މަގާއި ބަގީޗާ މަގުގެ ހަތަރު އަނގޮޅި ކަންމައްޗަށް ވާގޮތަށްހުރި އިމާރާތް ކުއްޔަށް ދޫކުރުމާއިގުޅޭ

                ހޯރަފުށީ ރައްޔިތުންގެ ޢިމާރާތެއް ކަމުގައިވާ އަންނާރުގޭ އިރަށް އޯކިޑް މަގާއި ބަގީޗާ މަގުގެ ހަތަރު އަނގޮޅި ކަންމައްޗަށް ވާގޮތަށްހުރި ހުރި އިމާރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް 2017 އޮކްޓޯބަރ 25 ވަނަ ދުވަހު އޮތް ރަށުކައުންސިލްގެ 2017/20 ވަނަ ޢާއްމު ޖަލްސާއިން ނިންމުމާއި ގުޅިގެން އެ ޢިމާރާތް ކުއްޔަށް ދޫކުރާގޮތަށް ހަމަޖައްސައިފީމެވެ. ވީމާ، ހޯރަފުށީ ރައްޔިތުންގެ ޢިމާރާތެއް ކަމުގައިވާ އަންނާރުގޭ އިރަށް އޯކިޑް މަގާއި ބަގީޗާ މަގުގެ ހަތަރު އަނގޮޅި ކަންމައްޗަށް ވާގޮތަށްހުރި ހުރި އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން ރަށު ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ދިނުން

31 އޮކްޓޯބަރ 2017

ބުރާސްފަތި

11:15

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ސުންގަޑި

06 ނޮވެމްބަރ 2017

ހޯމަ

11:15

 

              މަޢުލޫމާތު ސާފުކުރައްވާ ޢިމާރާތް ކުއްޔަށް ހިފުމަށްއެދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ޢިމާރާތް ކުއްޔަށް ހިފުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ވާނެއެވެ. މި ސިޓީގައި ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވާފައި އޮންނަންވާނެއެވެ. މީގެއިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏެއް ނުވަތަ ރަޖިސްޓަރީކޮށްގެން ހިންގާ ތަނެއްނަމަ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ. ޢިމާރާތް ކުއްޔަށް ހިފުމަށްއެދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވެލައްވާ ފަރާތްތަކަށް ކަމުގައިވެސް ދަންނަވަމެވެ.

                    މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

26 އޮކްޓޫބަރު 2017
ހޯދާ