ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :އެކައުންޓްސް އޮފިސަރ
ބޭނުންވާ އަދަދު :1

މަގާމު

އެކައުންޓްސް އޮފިސަރ  

މަޤާމުގެ ނަންބަރު

J-291056

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން

ފައިނޭންސް އެންޑް ސެކްޝަން 

މަޤާމް އޮތް އޮފީސް

ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ

ވަޒީފާ އަދާކުރަން ޖެހޭ ތަން

ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ

މުސާރަ

މަހަކު -/6295ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވެންސް

މަހަކު (އަސާސީ މުސާރައިގެ %35)

ރިސްކު އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209ގައިވާ ގޮތުގެ މަތީން

އިތުރު ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

  1. ސެކްޝަނަށް ކޮންމެ ދުވަހަކު އަންނަ ތަކެތި އެންޓްރީކޮށް ބެލެހެއްޓުމާއި، މަސައްކަތް ހަވާލުކުރެވޭ މުވައްޒަފަށް އެންޓްރީ ހަވާލުކުރުމާއި އެންޓްރީ ފައިލްކުރުން
  2. ބިލްތަކުގެ ޑޮކިއުމަންޓްތަށް ހަމަތޯ ބެލުމަށްފަހު ޕޭމަންޓް ވައުޗަ ހެދުން
  3. އެން.ޑީ.އޭ އާއި އެން.ޑީ.އޭގެ ދަށުން ކުއްޔަށް ހިފާފައިވާ ތަންތަނާއި އެން.ޑީ.އޭއިން ފައިސާ ދައްކަންޖެހޭ ބިލްތަކާއި ލިޔުންތަކަށް ފައިސާ ދިނުމުގެ މަސައްކަތް
  4. ބޭރުގެ އެހީދޭ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އަހަރީ ފީއާއި ޗަންދާ ދެއްކުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން
  5. ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ކުރެވެން ހުރިތޯބަލާ (ކަމާބެހޭ އައިޓަމުގައި ފައިސާހުރިތޯ ބަލައި) ޚަރަދުކުރެވެން ހުރިނަމަ ހުއްދަދިނުން
  6. ފައިސާ ނުލިބިގެން ހުށައަޅާ ސްޓޭޓްމަންޓަށް ފައިސާ ދެއްކުމުގެ ކަންތައް ހިންގާ ބެލެހެއްޓުން
  7. ނަފާ ޓްރަސްޓް ފަންޑް އެކައުންޓްގެ އެންމެހޭ ކަންތައް ބެލެހެއްޓުން
  8. ބަޖެޓާ ގުޅުންހުރިކަންކަމުގައި މިނިސްޓްރީ އޮފް ފިނޭންސްއާއި މުޢާމަލަތްކުރުން ( ޗެކް ނިންމުނަށް، ބްލޮކްކުރެވިފައިވާ ޕީ.ވީ ރަނގަޅުކުމަށް)
  9. އެން.ޑީ.އޭގެ ބަޖެޓާއި ގުޅިގެން ފޮނުވަންޖެހޭ ރިޕޯޓްތަށް ތައްޔާރުކުރުމާއި ކަމާއި ގުޅުންހުރި ދާއިރާތަކަށް ފޮނުވުން
  10. އެން.ޑީ.އޭ އާއި އެން.ޑީ.އޭގެދަށުން ހިންގާ ސެންޓަރުތަކުގައި ކުރާ މަސައްކަތްތަކާއި ގުޅިގެން އެހެނިހެންފަރާތްތަކަށް ދޭންޖެހޭ އުޖޫރައާއި ޗަންދާއާއި، ދާއިރާއަށް ލިބޭ އާމްދަނީގެ ކަންތައްތައް މާލިއްޔަތުގެ ޤާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން (ނީލަންކިޔޭތަކެތި އަނބުރާ ލިބޭ ފައިސާ)
  11. ނައްތާލާ ކޮމިޓީގެ މެމްބަރެއްގޮތުން މަސައްކަތްކުރުމާއި، ނީލަން ކިއުމުގެ އެންމެހާ މަސައްކަތައްކުރުން
  12. އެން.ޑީ.އޭގެ ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުމުގެ މަސައްކަތް
  13. އެން.ޑީ.އޭގެ ކޮންމެ މަހެއްގެ ޚަރަދު ރިޕޯޓް ތައްޔާރުކުރުން/ އެން.ޑީ.އޭގެ ކޮންމެ މަހެއްގެ ޚަރަދު ރިޕޯޓް ސެންޓަރުތަކެއް ވަކިވަކީން ތައްޔާރުކުރުން
  14. ރަސްމީ ދަތުރުތަކުގައި އަތޮޅުތަކަށްދާ މުވައްޒަފުންނަށް ދޭންޖެހޭ އެލަވަންސް ދިނުމުގެ ކަންތައް ބެލެހެއްޓުން
  15. ބޭރުގެ އެހީގެ އެކައުންޓްތައް ބެލެހެއްޓުމާއި ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށްކުރުން
  16. ބަޖެޓް ކޮންޓްރޯލް ހެދުން (ބަޖެޓަށް އިތުރުކުރަން ބޭނުންވާ ފައިސާ ހޯދުމާއި ބަޖެޓަށް ގެންނަންޖެހޭ އުނި އިތުރުގެ ކަންތައް ބެލެހެއްޓުން
  17. އެން.ޑީ.އޭ އިން ބަލަހައްޓާ އެކައުންޓްތަކަށް އެކި ގޮތްގޮތުން  ލިބޭ ހުރިހާ ފައިސާއެއް ބަލައިގަނެ ކަމާބެހޭ އެކައުންޓްތަކަށް ޖަމާކުރުން
  18. މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ޤައުމީ ފަންޑުގެ މަސައްކަތް ބެލެހެއްޓުން
  19. މާލީ ހިސާބު ތައްޔާރުކުން
  20. ސެޕް ސިސްޓަމަށް އަޅާފައިވާ ބިލް ތަކުގެ ސްޓޭޓަސް ޗެކް ކުރުމާއި، އެއާ ބެހޭ މައުލޫމާތު ބިލްގެ ވެރިފަރާތަށް ރައްދުކޮށްދިނުން
  21. ނަގަންޖެހޭފައިސާ ނެގުމާއި ޖަމާކުރުން
  22. އެމުވައްޒަފެއް ކުރާ މަސައްކަތަކާ ގުޅުންހުރި އެންމެހަ ލިޔެ ކިޔުންތައް ފައިލްކޮށް ބެލެހެއްޓުން
  23. ސިޓީ/ މެމޯ ޑްރާފްކުރުމާއި ފޮނުވުން
  24. ބަޖެޓް ސެކްޝަނާގުޅުންހުރި ކުރީގެ ލިޔުންތަށް ހޯދާ ސެކްޝަނުގެ ވެރިޔާގެ ލަފާގެމަތިން ހިއްސާކުރުން
  25. މަސައްކަތާ ގުޅުންހުރި ސައިޓްތައް ޗެކްކުރުން
  26. ޤަވައިދުތައް ޕްރިންޓްކޮށް ފެންނާނެގޮތަށް ސެކްޝަންގައި ބެހެއްޓުން
  27. މުސާރަ ހެދުމާއި، މުސާރަ ވައުޗަރ ތައްޔާރުކޮށް، ސެޕަށް ޕާރކްކޮށް އެޓޭޗްކުރުން.
  28. ވެންޑަރ، އެސެޓް ކްރިއޭޓް ކުރުމުގެ މަސައްކަތް، ފިނޭސަށް ފޮނުވުން.

 

މަޤާމުގެ ޝަރުތުތައް

  1. އެކައުންޓިންގ ނުވަތަ ފައިނޭންސް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެކައުންޓިންގ ނުވަތަ ފައިނޭންސް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. އެކައުންޓިންގ ނުވަތަ ފައިނޭންސް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެކައުންޓިންގ ނުވަތަ ފައިނޭންސް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  3. އެކައުންޓިންގ ނުވަތަ ފައިނޭންސް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލްކޮށްފައިވުން   ނުވަތަ
  4. އެކައުންޓިންގ ނުވަތަ ފައިނޭންސް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ

 ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް

ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު ނޭޝަނަލް ޑްރަގް އޭޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.nda.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ހުށަހަޅާނީ 02 ނޮވެމްބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ނޭޝަނަލް ޑްރަގް އޭޖެންސީ (ގ. ގްރީންގެ، ކ. މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3328184އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.   

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 2017 ނޮވެމްބަރ މަހުގެ ތެރޭގައި ނޭޝަނަލް ޑްރަގް އޭޖެންސީގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

30% (ތިރީސް އިންސައްތަ)

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3343061 / 3334568 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3328184 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

05  ސަފަރު 1439

25 އޮކްޓޫބަރު 2017

                      

25 އޮކްޓޫބަރު 2017
ހޯދާ