ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސިއްޙީ ދައިރާއަށް ބޭނުންވާ ސްޕެޝަލިސްޓުން ތަމްރީނު ކުރުމަށް ދޭ ލޯން އެހީ

ނޭޕާލް

ޤައުމު:

ސިއްޙީ ދާއިރާއަށް ބޭނުންވާ ސްޕެޝަލިސްޓުން ތަމްރީނު ކުރުމަށް ނޭޕާލްގެ ނޭޝަނަލް އެކަޑަމީ އޮޕް މެޑިކަލް ސައިންސަސް (ނަމްސް) އިން މިނިސްޓްރީ އޮފް ހެލްތަށް ލިބިފައިވާ ފުރުޞަތުގެ ދަށުން ނަމްސްގައި މިހާރު ކިޔަވަމުންދާ ފަރާތްތައް.

އަމާޒުވާ ފަރާތްތަށް:

އެމް.ބީ.ބީ.އެސް ފުރިހަމަކޮށްފައިވުން

ސިއްޙީ ދާއިރާއަށް ބޭނުންވާ ސްޕެޝަލިސްޓުން ތަމްރީނު ކުރުމަށް ނޭޕާލްގެ ނޭޝަނަލް އެކަޑަމީ އޮޕް މެޑިކަލް ސައިންސަސް (ނަމްސް) އިން މިނިސްޓްރީ އޮފް ހެލްތަށް ލިބިފައިވާ ފުރުޞަތުގެ ދަށުން ނަމްސްގައި މިހާރު ކިޔަވަމުންދާ ފަރާތެއް ކަމުގައިވުން.

ޝަރުތު:

-          ލޯނުއެހީއަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް.

-          ނޭޝަނަލް އެކަޑަމީ އޮޕް މެޑިކަލް ސައިންސަސް (ނަމްސް) ގައި ކިޔަވަމުންދާ ކަމުގެ ލިޔުން

-          މިހާރު ކިޔަވަމުންދާ ކޯހުގެ ފީ ސްޓްރަކްޗަރ (ކޯސް ފީ އަހަރަކަށްވާ އަދަދު އެނގޭނެގޮތަށް)

ހުށަހަޅަންޖެހޭ ތަކެތި:

-          ލޯނަށް އެދި ހުށައަޅާ ފޯމު 26 އޮކްޓޯބަރ 2017 އިން 2 ނޮވެމްބަރ 2017 ގެ ނިޔަލަށް، ހެނދުނު 8:30 އިން މެންދުރުފަހު 13:30 އަށް، ވެލާނާގޭ 2 ވަނަ ތަޅުމުގައި ހުންނަ މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި ފޯމު މި ޑިޕާޓްމަންޓްގެ ވެބްސައިޓު gov.mvwww.dhe. އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.

ލޯނަށް އެދި ހުށައަޅާ ފޯމު ދޫކުރުން:

-          އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި: 2017 ނޮވެމްބަރ 2 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން

-          އެޕްލިކޭޝަން ހުށަހަޅުއްވަންޖެހޭ ތަން:  ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ވެލާނާގޭ 2 ވަނަ ފަންގިފިލާ.  އީމެއިލްއިން އެޕްލިކޭޝަން ހުށައެޅުމަށް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށައަޅާނީ [email protected]އަށެވެ.

ލޯނަށް އެދި ފޯމު ހުށައެޅުން:

-          މި އިޢުލާނާއިއެކު ވެބްސައިޓަށް އަޕްލޯޑު ކުރެވިފައިވާ ލިޔުންތަކަކީ:

-            ލޯނަށް އެދި ހުށައަޅާ ފޯމް.

-            ސިއްޙީ ދައިރާއަށް ބޭނުންވާ ސްޕެޝަލިސްޓުން ތަމްރީނު ކުރުމަށް ދޭ ލޯން އެހީގެ އުޞޫލާއި އުޞޫލުގެ ޖަދުވަލު

    (މި ސްކީމުގެ ދަށުން ލޯނުއެހީ ދޫކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި އުޞޫލުގެ ޖަދުވަލު 1 އަކީ މި އިޢުލާނުގެ    ބައެކެވެ.)

އެހެނިހެން:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ  3341274 3341326  3341309 ފޯން ނަމްބަރަށެވެ.

25 އޮކްޓޫބަރު 2017
ހޯދާ