ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ (ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ / ކ.ހިންމަފުށި)

މަޤާމް :އެސިސްޓެންޓް ޑިރެކްޓަރ
ބޭނުންވާ އަދަދު :1

މަގާމު

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު

J-269383

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ

ސެކްޝަން

ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ / ކްލިނިކަލް ސަރވިސަސް ޔުނިޓް  

މަޤާމް އޮތް އޮފީސް

ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ

ވަޒީފާ އަދާކުރަން ޖެހޭ ތަން

ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ (ކ.ހިންމަފުށި)

މުސާރަ

މަހަކު -/7035ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވެންސް

މަހަކު (އަސާސީ މުސާރައިގެ %35)

ރިސްކު އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209ގައިވާ ގޮތުގެ މަތީން

އިތުރު ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

  1. އެސް.އޯ.ޕީއާއި ގައިޑްލައިންސް އާ އެއްގޮތްވާ ގޮތުގެ މަތިން އެއާއިގޅުންހުރި އަމަލުކުރެވެމުންދޭތޯ ބަލާ ކަށަވަރުކޮށް އޭގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް އެންގުން.
  2. އެން.ޑީ.އޭގެ ފަރުވާގެ ނިޒާމް ހަރުދަނާކުރުމަށްޓަކައި ހަދަންޖެހޭ ދިރާސާތައް ހެދުމާއި ގެންނަންޖެހޭ އިސްލާޙްތައް ކަމާބެހޭފަރާތްތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުން.
  3. ސެކްޝަންގެ މަސައްކަތްތައް ރާވާ ހިންގުމާއި މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުން.
  4. ބެނުންވާ ފަންނީ ލަފާ ހޯދުމުގެ އެންމެހާ ކަންކަންކުރުން.
  5. ފަރުވާގެ ޕްރޮގްރާމްތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ޝަރުޠުތައް ކަނޑައެޅުމާއި އެމީހުން މަސައްކަތްކުރަންވީ ގޮތުގެ އުޞޫލުތަކާއި ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތްކުރުން.
  6. ޓްރީޓްމަންޓް އަދި ޕްރިވެންޝަން ޕްރޮގްރާމްތަކުގެ ނަތީޖާ ޙާޞިލްވަމުންދާ މިންވަރު ދެނެގަތުމަށާއި، އެ ޕްރޮގްރާމްތައް އިތުރަށް ތަރައްޤީކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ރާވާ ހިންގުން.
  7. ކްލިނިކަލް ސާރވިސަސް ޑިވިޜަން ދަށުން ހިނގަމުންދާ ސެކްޝަންތަކުގެ މަސައްކަތްތައް ރާވާ ހިންގުން.
  8. މުވައްޒަފުންގެ އެޕްރައިޒަލް ހެދުމާއި، މުވައްޒަފުންނާއި ދޭތެރޭ އަޅަންޖެހޭ ފިޔަވަޅެއް އެޅުމާއި، ޑިވިޜަން ހިންގުމާއި ހަވާލުވެހުރި އިސްފަރާތަށް ރިޕޯރޓުކުރުން.
  9. ކްލިނިކަލް ސާރވިސަސް ޑިވިޜަން ދަށުން ހިނގަމުންދާ ސެކްޝަންތަކުގެ މުވައްޒަފުންގެ މަސައްކަތްތައް ހަރުދަނާ އުސޫލެއްގެ މަތިން ބަހާލުމާއި އެމަސައްކަތްތައް ސުޕަވައިޒްކުރުން.
  10. ކްލިނިކަލް ސާރވިސަސް ޑިވިޜަން ދަށުން ހިނގަމުންދާ ސެކްޝަންތަކަށް ބޭނުންވާ ތަކެތި، ދެނެގަތުމާއި އެތަކެތި ލިބޭނޭ އިންތިޒާމް ހަމަޖެއްސުން.
  11. ކްލިނިކަލް ސާރވިސަސް ޑިވިޜަން ދަށުން ހިނގަމުންދާ ސެކްޝަންތަކުގެ ޖަވާބުދާރީވާންޖެހޭ ކަންކަމުގައި، ބައްދަލުވުމުގައި ބައިވެރިވުން.
  12. އެސެސްމަންޓް ހެދުމުގެ ލައިސަންސް ދެވޭ ފަރާތްތަކަށް ޓްރެއިނިންގ ދެވޭނެ އިންތިޒާމް ހަމަޖެއްސުން.
  13. ކްލިނިކާއި ގުޅޭ ތަފާސް ހިސާބުތަށް ބަލައި ސެކްޝަނުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހެ ބަދަލުތައްގެނައުން.
  14. ކްލިނިކަލް ޙިދުމަތް ފުޅާކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، ޙިދުމަތްތައް ރަނގަޅުކުރުމަށް ކުރަންޖެހޭ ދިރާސާތައްކުރުމާއި އެއާއި ގުޅުންހުރި ދާއިރާތަކާއި ހިއްސާކުރުން.
  15. ޑިވިޜަންގައި ބަލަހައްޓަންޖެހޭ ރަސްމީ ލިޔުންތައް ސަރުކާރުގެ ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ބަލަހައްޓާތޯބަލާ، ސެންޓަރުގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުން.
  16. ޑިވިޜަންގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި، އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ލަފާ، އިރުޝާދާއި، އެހީތެރިކަން ފޯރުކޮށްދިނުން.

 

މަޤާމުގެ ޝަރުތުތައް

  1. ކައުންސެލިންގ، ސޯޝިއޮލޮޖީ، ސައިކޮލޮޖީ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ކައުންސެލިންގ، ސޯޝިއޮލޮޖީ، ސައިކޮލޮޖީ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ކައުންސެލިންގ، ސޯޝިއޮލޮޖީ، ސައިކޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ކައުންސެލިންގ، ސޯޝިއޮލޮޖީ، ސައިކޮލޮޖީ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ކައުންސެލިންގ، ސޯޝިއޮލޮޖީ، ސައިކޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ކައުންސެލިންގ، ސޯޝިއޮލޮޖީ، ސައިކޮލޮޖީ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. ކައުންސެލިންގ، ސޯޝިއޮލޮޖީ، ސައިކޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
  5. ކައުންސެލިންގ، ސޯޝިއޮލޮޖީ، ސައިކޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. 4.    ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ

 ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް

ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު ނޭޝަނަލް ޑްރަގް އޭޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.nda.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ހުށަހަޅާނީ 02 ނޮވެމްބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ނޭޝަނަލް ޑްރަގް އޭޖެންސީގެ ހެޑް އޮފީސް (ގ. ގްރީންގެ، ކ. މާލެ) ނުވަތަ ކ.ހިންމަފުށީގައި ހިނގަމުންދާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3328184އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.   

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 2017 ނޮވެމްބަރ މަހުގެ ތެރޭގައި ނޭޝަނަލް ޑްރަގް އޭޖެންސީގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

30% (ތިރީސް އިންސައްތަ)

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3343061 / 3334568 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3328184 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

05  ސަފަރު 1439

25 އޮކްޓޫބަރު 2017

25 އޮކްޓޫބަރު 2017
ހޯދާ