ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑަށް 10 ބުރީގެ ޢިމާރާތެއް އެޅުމަށް ޑީޓެއިލްޑް ޑިޒައިނެއް ހަދާދޭނެ ފަރާތެއް ހޯދުން.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު : WAMCO-LOG/IUL/2017/091

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑަށް 10 ބުރީގެ ޢިމާރާތެއް އެޅުމަށް ޑީޓެއިލްޑް ޑިޒައިނެއް ހަދާދޭނެ ފަރާތެއް ހޯދުން.

މިކޯޕަރޭޝަނުގެ ފަރާތުން ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމަށް އޮފީހެއް ގޮތުގައި ބޭނުންކުރުމަށް 10 ބުރީގެ ޢިމާރާތެއް އެޅުމަށް ޑީޓެއިލްޑް ޑިޒައިނެއް ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި ވެމްކޯގެ މައި އޮފީސް، މއ. ޖަންބުގަސްދޮށުގެ، ދެވަނަ ފަންގިފިލާ، މަޖީދީމަގަށް ޙާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މައުލޫމާތު ކަރުދާހައި އެއް ގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

 

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

26 އޮކްޓޯބަރ 2017 (ބުރާސްފަތި)

10:00 (ހެނދުނު)

ބީލަން ހުށަހެޅުން

02 ނޮވެމްބަރ 2017 (ބުރާސްފަތި)

10:00 (ހެނދުނު)

 

 

 

 

 

2017 އޮކްޓޯބަރ 26 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.  މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ދެވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3000581  ، ފެކްސް ނަންބަރު:  3000584 

[email protected]

29 މުޙައްރަމް 1439

19 އޮކްޓޯބަރ 2017 

 

21 އޮކްޓޫބަރު 2017
ހޯދާ