ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ ރައްޔިތުންގެ "އައްޑަނަ" ހިންގި "ފިނިހިޔާ" ޢިމާރާތް ކުއްޔަށް ދޫކުރުން.

ނިލަންދޫ ރައްޔިތުންގެ "އައްޑަނަ" ހިންގި "ފިނިހިޔާ" ޢިމާރާތް ކުއްޔަށް ދޫކުރުން.

ނިލަންދޫ ރައްޔިތުންގެ "އައްޑަނަ" ފިހާރަ ހިންގި "ފިނިހިޔާ" ޢިމާރާތް 10 (ދިހައެއް) އަހަރު ދުވަހަށް ކުއްޔަށް ދޫކުރާގޮތަށް ހަމަޖައްސައިފީމެވެ.

މިޢިމާރާތް ކުއްޔަށް ދޫކުރަނީ އެތަނުގައި ހުރި ފަރުނީޗަރ ފަދަ ހަރުމުދަލާއި ވިޔަފާރި މުދާ ނުލައި ހަމައެކަނި ޢިމާރާތެވެ. ނަމަވެސް ޢިމާރާތުގައި ހަރުކޮށްފައިހުރި ފަންކާ، އެއަރކޯންފަދަ ތަކެއްޗާ އެކުގައެވެ. މިޢިމާރާތް ކުއްޔަށް ދޫކުރުމުގެ އެންމެ ކުޑަ އަގަކީ މަހަކު 10,000/- (ދިހަހާސް) ރުފިޔާ އެވެ.

ޢިމާރާތް ކުއްޔަށް ދޫކުރާނީ މަހުކުލި 10,000 (ދިހަހާސް) ރުފިޔާ ނުވަތަ އެއަށްވުރެ މަތިން، އެންމެ މަތީ އަގެއް ހުށަހެޅުއްވި ފަރާތަކަށެވެ.

ޢިމާރާތް ކުއްޔަށް ހިފުމަށް އެދި ހުށަހަޅުއްވަންޖެހޭގޮތް:

މި ޢިމާރާތް ކުއްޔަށް ހިފުމަށް އެދި ހުށަހަޅުއްވަންޖެހޭނީ ސިޓީއަކުންނެވެ. ސިޓީ ހުށަހަޅުއްވާނީ  ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.  އެކަމަށް ހުށަހަޅުއްވާ ސިޓީގައި ކުއްޔަށް ހިއްޕަވާނެ އަގު ލިޔުއްވާފައި އޮންނަންވާނެއެވެ. އަދި އެކަމަށް ހުށަހަޅުއްވާ ސިޓީ އުރައިގެ ބޭރުގައި، "ނިލަންދޫ ފިނިހިޔާ ޢިމާރާތް ކުއްޔަށް ހިފުމަށްއެދި"  މިހެން ލިޔުއްވާފައި އޮންނަންވާނެއެވެ.

ޢިމާރާތް ކުއްޔަށް ހިފުމަށް ހުށަހަޅުއްވަންޖެހޭ ތާރީޚާއި ގަޑި:

މި ޢިމާރާތް ކުޔަށް ހިއްޕަވަން އެދި ހުށަހަޅުއްވަންޖެހޭނީ 2017 އޮކްޓޫބަރު 22 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 11:00 ގެކުރިން ނިލަންދޫ ކައުންސިލްގެ އިދާރާއަށެވެ. މި ޢިމާރާތް ކުއްޔަށް ހިއްޕެވުމަށް އެދި ހުށަހަޅުއްވާ އެންމެމަތީ އަގު ކޮންމެ ދުވަހެއްގެ 12:00 ގައި މިއިދާރާގެ  ސިޓިންގ ރޫމުގައިހުރި  ޓީ.ވީ.އާއި ވެޔޮދޮށު މައިޒާނުގެ ނޯޓިސް ބޯޑުގައި ބެހެއްޓޭނެއެވެ. އަދި ވިދިވިދިގެން ރަސްމީ 3 ދުވަހު އެއް އަގެއް އޮވެއްޖެނަމަ 10,000/- (ދިހަހާސް ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަގެއް ހުށަހަޅުއްވާފައިވާނަމަ) އެ އަގު ހުށަހެޅުއްވި ފަރާތަށް ޢިމާރާތް ކުއްޔަށް ދޫކުރެވޭނެއެވެ.

ވީމާ، ނިލަންދޫ ރައްޔިތުންގެ "އައްޑަނަ" ފިހާރަ ހިންގި "ފިނިހިޔާ" ޢިމާރާތް ކުއްޔަށް ހިއްޕަވަން ބޭނުންފުޅުވެލައްވާ ބޭފުޅުން މަތީގައި ދަންނަވާފައިވާގޮތަށް މިއިދާރާއަށް ސިޓީއިން ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. 

19 އޮކްޓޫބަރު 2017
ހޯދާ