ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ރ.ވަންދޫ ރީޖަނަށް ދޯނި ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު : WAMCO-LOG/IUL/2017/086

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ރ.ވަންދޫ ރީޖަނަށް ދޯނި ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން.

2017 އޯގަސްޓް 15 ވަނަ ދުވަހު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ރ. ވަންދޫ ރީޖަންއަށް ދޯނި ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި (ނަންބަރ WAMCO-LOG/IUL/2017/81) ގުޅިގެން، 24 އޯގަސްޓް 2017 ވީ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގައި މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބޭއްވުނު ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ހުށަހަޅުއްވާފައިވާ ބީލަންތަކުގެ ތެރެއިން ކުއްޔަށްހިފުމަށް އިއުލާން ކުރެވިފައިވާ މިންގަނޑު ތަކަށް ދޯނި ކޮލިފައިވެފައި ނުވާތީ (ނަންބަރ WAMCO-LOG/IUL/2017/81) އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމަވެ.

ވީމާ މި ކޯޕަރޭޝަނުން ކުރިއަށްގެންދާ ވޭސްޓް މެނޭޖްމަންޓް މަސައްކަތަށް ބޭނުންވާ ތިރީގައި މިދަންނަވާ އުޅަނދު ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

1-             ދޯނި (މަދުވެގެން 18 މީހުން އުފުލޭ)

 ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި ވެމްކޯ މައި އޮފީސް، މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ، މަޖީދީމަގު އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މައުލޫމާތު ކަރުދާހައި އެއް ގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

 

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

12 އޮކްޓޯބަރ 2017 (ބުރާސްފަތި)

10:00 ހެނދުނު

ބީލަން ހުށަހެޅުން

19 އޮކްޓޯބަރ 2017 (ބުރާސްފަތި)

10:00 ހެނދުނު

 

 

 

 

 

2017 އޮކްޓޯބަރ 19  ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހާއި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. 

މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3000581  ، ފެކްސް ނަންބަރު:  3000584 

[email protected]

18 މުޙައްރަމް 1439

08 އޮކްޓޯބަރ 2017

 

09 އޮކްޓޫބަރު 2017
ހޯދާ