މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައު ތަކެތި ނީލަންކިޔުން

ބައު ތަކެތި ނީލަންކިޔުން

މި އިދާރާގައި ހުރި ބައުތަކެތި ނީލަންކިޔުން، 2017 އޮކްޓޯބަރ 13 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2:00 ގައި މި އިދާރާގެ ގޯތިތެރޭގައި އޮންނާނެ އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން، 2017 އޮކްޓޯބަރ 13 ވަނަ ދުވަހުގެ މެންދުރުފަހު 1:55 އަށް މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

ނީލަމުން ތަކެތި ނަންގަވާ ބޭފުޅުން، ފައިސާ ދެއްކެވުމަށް ފަހު އެ ދުވަހުގެ ހަވީރު 6:00 ގެ ކުރިން ތަކެތި ގެންގޮސް ތަން ހުސްކުރަންވާނެ އެވެ. 

13 މުޙައްރަމް   1439

‏03‏ އޮކްޓޯބަރ‏ 2017  

03 އޮކްޓޫބަރު 2017
ހޯދާ