މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

                   މިރަށުގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ 2 ވޮލީކޯޓާއި ނެޓްބޯޅަކޯޓުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ: (IUL)274/INDIV/2017/74 އިޢުލާނާއިގުޅިގެން ތިން ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ ދެވަނަފަހަރަށް އިޢުލާން ކުރީމެވެ. ވީމާ މިމަސައްކަތް ކޮއްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 08 އޮކްޓޯބަރ 2017 ވާ އާދިއްތަ ދުވަހުގެ 10:00 ށް މިއިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 އޮކްޓޯބަރ 2017 ވާ ބުދަ ދުވަހުގެ 10:00 ށް މިއިދާރާއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                  އަންދާސީހިސާބުތައް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ވޮލީކޯޓާއި ނެޓްބޯޅަކޯޓް އެޅުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މީގެ އިތުރުން މިމަސައްކަތަށް ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި ޚިލާފަށް ހުށަހެޅޭ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6540045 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

                   މިހެންވެ މިކަން އާންމުކޮން އަންގާ އިޢުލާންކުރީމެވެ.

                             03 އޮކްޓޯބަރ 2017

03 އޮކްޓޫބަރު 2017
ހޯދާ