މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މާޅެންދޫގައި ވާރޭފެން ނަގާ ރައްކާކުރުމަށް ޢާންމު ވާރޭފެން ހަންތަކެއް ބެހެއްޓުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދައުވަތު

1. މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ މައިޒާން ދޮށުގޭގެ އިރުން ބާސަހަރައިގެ އުތުރުން އާންމު ފެންހަންތައް ބެހެއްޓުމަށް ކަނޑައެޅިފައި ސަރަހައްދުގައިވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

 

2. ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

                                                           

3. މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 05 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ ގެ އިދާރާ ގައެވެ.

 

4. ބިޑް ހުޅުވުން އޮންނާނީ 12 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މައުލޫމާތު ލިޔެފައި ހުންނަން ވާނެއެވެ.

ހ. "މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ މައިޒާން ދޮށުގޭގެ އިރުން ބާސަހަރައިގެ އުތުރުން އާންމު ފެންހަންތައް ބެހެއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައިވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް"

ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

28 ސެޕްޓެންބަރު 2017
ހޯދާ