ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއަށް 3 ލޭންޑިންގ ކްރާފްޓް ކުއްޔަ ދޫކުރާނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު : WAMCO-LOG/IUL/2017/085

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއަށް 3 ލޭންޑިންގ ކްރާފްޓް ކުއްޔަ ދޫކުރާނެ ފަރާތެއް ހޯދުން

2017 އޯގަސްޓް 06 ވަނަ ދުވަހު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއިން 03 ލޭންޑީންގ ކްރާފްޓް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި (ނަންބަރ WAMCO-LOG/IUL/2017/79) ގުޅިގެން، 16 އޯގަސްޓް 2017 ވި ބުދަ ދުވަހުގެ 10:00 ގައި މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބޭއްވުނު ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ހުށަހަޅުއްވާފައިވާ ބީލަންތަކުގެ ތެރެއިން ކުއްޔަށްހިފުމަށް އިއުލާން ކުރެވިފައިވާ އަދަދަށް ލޭންޑިންގ ކްރާފްޓް ކޮލިފައިވެފައި ނުވާތީ (ނަންބަރ WAMCO-LOG/IUL/2017/79) ބާތިލްކޮށް އަލުން އިއުލާން ކުރަމަވެ.

 ލޭންޑިންގ ކްރާފްޓް (250 ޓަނަށްވުރެ ކުޑަނޫން)

 

 ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި ވެމްކޯ މައި އޮފީސް، މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ، މަޖީދީމަގު އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މައުލޫމާތު ކަރުދާހައި އެއް ގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

 

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

01 އޮކްޓޯބަރ 2017 (އާދިއްތަ)

10:00 (ހެނދުނު)

ބީލަން ހުށަހެޅުން

08 އޮކްޓޯބަރ 2017 (އާދިއްތަ)

10:00 (ހެނދުނު)

 

 

 

 

 

2017 އޮކްޓޯބަރ 08 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހާއި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.  މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3000581  ، ފެކްސް ނަންބަރު:  3000584 

[email protected]

04 މުޙައްރަމް 1439   

24 ސެޕްޓެމްބަރ 2017 

 

25 ސެޕްޓެންބަރު 2017
ހޯދާ