މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިއުލާން

 

 

 

 

                                                                                        

                        

 

 

 

                     މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ

         ބ.ކުޑަރިކިލު، ދިވެހިރާއްޖެ 

 

 

        ކުނި އުކާލުމާއި ކުނި ނައްތާލުމާ ބެހޭ އުޞޫލު

      20  ސެޕްޓެންބަރު 2017                            

 

 

 

 

 

 

 

 

 

 

 

 

އުޞޫލަށް އަމަލުކުރުމަށް ފެށި ތާރީޚް:     20 ސެޕްޓެންބަރު 2017 

 

އުޞޫލު އެކުލަވާލި ފަރާތްތައް:         ކުޑަރިކިލު ކައުންސިލްގެ މެމްބަރުން.

                            ކުޑަރިކިލު ކައުންސިލްގެ އިދާރާގެ މުވައްޒަފުން. 

 

 

އުޞޫލް ފާސްކުރި ތާރީޚް:           20 ސެޕްޓެންބަރު 2017 

ފާސްކުރެވުނު ޖަލްސާ:             3 ވަނަ ދައުރުގެ 16 ވަނަ ޖަލްސާ

 

 

 

 

 

 

 

 

 

c

 

 

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ

      ބ. ކުޑަރިކިލު، ދިވެހިރާއްޖެ

                  ކުނި އުކާލުމާއި ކުނި ނައްތާލުމާ ބެހޭ އުޞޫލު

ތައާރަފާއި ނަން       1  (ހ)    މިއީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 7/2010 ގެ

                           151 ވަނަ މާއްދާގެ (ށ) ގެދަށުން ދިވެހި ސަރުކާރުގެ ޤަވާއިދު ނަންބަރު: 2013/R-943

                           "ކުނި އުކާލުމާއި ކުނި ނައްތާލުމާ ބެހޭ ޤަވާއިދު" ގެ (13) ވަނަ މާއްދާ އަށް ރިއާޔަތްކޮށް

                            އެކުލަވާލެވިފައިވާ ކުނި އުކާލުމާއި ކުނި ނައްތާލުމުގެ އުޞޫލެވެ. 

 

                    (ށ)     މިއުޞޫލަށް ކިޔާނީ، "ކުނި އުކާލުމާއި ކުނި ނައްތާލުމާ ބެހޭ އުޞޫލު" އެވެ.

 

މަޤްޞަދު          2      ކުޑަރިކިލަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި އުޞޫލެއްގެ މަތިން ތިމާވެއްޓާއި ރަޚުމަތްތެރި ގޮތަކަށް ކުނި

                          ބަލަހައްޓަމުންދާ އަދި ކުނީގެ ސަބަބުން ދިމާވާ މައްސަލަތައް ޙައްލުކުރެވިފައިވާ ސާފު ރަށަކަށް ހެދުމުގެ

                          ގޮތުން ރަށްކާތެރި ގޮތެއްގައި ކުޑަރިކިލުގައި ކުނި ބެލެހެއްޓުމުގެ ނިޒާމެއް ޤާއިމްކޮއް މިނިޒާމްގެ ދަށުން.

                          ރަށުގައި އުފެދޭކުނީގެ މިންވަރު މަދުކުރުމާއި، އުކާލެވޭ ކުނީގެ ތަކެތި މިނިޒާމުގެ ތެރެއިން ބޭނުން ކުރުމާއި

                          އަދިއުކާލެވޭތަކެތިންއަލުންބޭނުންހިފޭތަކެތިއުފެއްދުމެވެ (3R) (REUSE – REDUS  RECYCLE)

އަމަލްކުރަން ފަށާ     3       މިއުޞުލަށް އަމަލުކުރަންފަށާނީ، ކައުންސިލްގެ އާންމު ބައްދަލުވުމަކުން މި އުޞުލް  ފާސްކޮއް ދިވެހި

ތާރީޚް                       ސަރުކާރުގެ ގެޒެޓްގައި ސާއިރުކޮއް އާންމުކޮށް އިއުލާންކުރާ ތާރީޚުން ފެށިގެންނެވެ.

 

 

ކުރީގައި ހިނގާފައިވާ   4      މިއުޞޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ހިންގާފައިވާ ކަންކަމުގެ މައްޗަށް މި އުޞޫލު ތަންފީޒެއް                                                                                                                                                                                

ކަންކަމަށް މިއުޞޫލު          ނުވާނެ އެވެ. ނަމަވެސް މި އުޞޫލަށް ޢަމަލު ކުރަން ފެށުމަށްފަހު އުޞޫލްގައި ވަކިކަމެއް ލާޒިމް ކޮއް

ހިންގުން                 ފައިވާ ނަމަ، އެކަމެއް މިއުޞޫލުގެ ދަށުން ހިންގާ ތަންފީޒުކުރެވޭނެ އެވެ. 

 

ފަރުދީ ޒިންމާ       5      މި އުޞޫލު އާންމުވެހިންގަން ފެށުމާއެކު، ކުނި ހެޔޮގޮތުގައި ނައްތާލުމާއި އަދި ކުނިބެލެހެއްޓުމުގައި،

އަދާކުރުން                 މިއުޞޫލްގެ މަޤުޞަދު ޙާޞިލް ކުރުމަށް ފަރުދީގޮތުން ޒިންމާ ވާންވާނެ އެވެ. މިއުޞޫލުގެ ދަށުން

                          ކުނި އުފުލުމަށާއި، އަދި ކުނި ނައްތާލުމަށް ހުއްދަދެވޭ ފަރާތްތަކުން، ފަރުދީގޮތުން "ކުނިމެނޭޖްކުރުމާބެހޭ

                          ޤަވާއިދު" ގައިވާ ކަންކަމަށް ޒިންމާ ވާންވާނެއެވެ.

 

 

 

ކުނި އުކާލާ ތަން     6  (ހ)     މިއުޞޫލަށް ޢަމަލުކުރަން ފެށުމާއިއެކު ކުނި ގެންދަންވާނީ މި ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދު

ކަނޑައެޅުން                   ކަމުގައިވާ" ކުޑަރިކިލު ވޭސްޓް މެނޭޖްމަންޓް ސެންޓަރ" (ކުނިކޮއްޓަށެވެ)

 

                   (ށ)    ކަނޑާލެވޭރުއްގަހުގެ ބައިތަކާއި ލަކުޑި ފަސޭހަކަމާއިއެކު (އެކަކަށް) އުފުލޭވަރަށް ކުދިކޮށްގެން، އެފަދަ

                          ތަކެތި އުކާލުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސަރަޙައްދަށް ގެންދިއުމާއި، ގެދޮރު އިމާރާތްކުރުމަށް

                          ބޭނުންކުރާ ތަކެތީގެ ބާކީ ޓިނާއި ދަގަނޑުގެ ބާވަތްތަކާއި ގައުކުނޑި އާއި މުށި (ސެރެމިކް) ހިމެނޭ

                          ތަކެތި ކައުންސިލުން ކަނޑައަޅާފައިވާ ސަރަޙައްދަށް ގެންދިއުމަކީ އެ ފަރާތެއްގެ ޒިންމާއެކެވެ.

 

                   (ނ)    ކުނި އެޅުމަށް ކަނޑައަޅާ އާންމުކޮށް އިއުލާން ކުރެވިފައިވާ ތަންތަނަށް ކުނި ގެންގޮސް ކުނި އެޅުމުގައި

                          "ކުޑަރިކިލު ވޭސްޓް މެނޭޖްމަންޓް ސެންޓަރ"ގެ ތެރޭގައި ވަކިބާވަތެއްގެ ކުނި އެޅުމަށް ކަނޑައެޅިފައިވާ

                          ތަނަކަށް، އެތަނަކަށް އެޅުމަށް ކަނޑައަޅާފައިވާ ކުނި ނޫން އެހެނިހެން ބާވަތްތަކުގެ ކުނި އަޅައިފިނަމަ

                          ކުނި އުކަން ހަމަޖެހިފައިވާ ތަން ނޫން އެހެން ތަނަކަށް ކުނި އެޅިކަމުގައި ބެލެވޭނެއެވެ.

 

ކުނި އުފުލުމާއި ކުނި   7  (ހ)     ކުނި އުފުލަންވާނީ އާންމުންނަށް އުނދަގޫ ނުފޯރާ ގޮތަށް، ކުނިތައް މަގުމައްޗަށް ނުފައިބާނޭހެން

ގެންދިއުން                    ރަށްކާތެރިކަމާއެކު އެވެ. އަދި ނުބައިވަސް ދުވާޒާތުގެ ތަކެތި އުފުލަންވާނީ ވަސް ނުދުވާނެހެން

                          ރަނގަޅަށް ބަންދުކުރެވިފައިވާ އެއްޗެއްގަ އެވެ.

 

                   (ށ)     ކުނި އުފުލުމަށް ބޭނުން ކުރެވޭނީ ޕިކަޕް، ނުވަތަ ގާޑިޔާ ނުވަތަ ވީލްބަރޯ ފަދަ ތަކެއްޗެވެ.

         މި ތަކެތިގައި ކުނި އުފުލަންވާނީ، ރަގަޅަށް ނިވައިކޮއްގެންނެވެ. މި ތަކެތީގެތެރެއިން ހަތަރު

                 ފުރޮޅުލީ ތަކެއްޗަކީ ކުނި އުފުލުމަށް ޚާއްޞަ ކުރެވި އަދި އެ ފަދަ ޚަދުމަތަކަށް (ކުނިމެނޭޖްކުރުމުގެ

     ޤަވާއިދު އާއި އެއްގޮތަށް) ރަޖިސްޓްރީކޮށްފައިވާ ތަކެތި ކަމުގައިވާން  ވާނެ އެވެ.

 

                   (ނ)     ކުނި އުފުލުމުގެ ތެރޭގައި މަގު މަށްޗަށް ކުނި އެޅިއްޖެ ނަމަ ވީހާވެސް އަވަހަކަށް އެކަން ރަގަޅު

                           ކުރަން ވާނެއެވެ. އަދި އެކަން ރަގަޅު ނުކޮއްފިނަމަ މި އުޞޫލު ތަންފީޒު ކުރުމުގެ ބޭނުމަށް އެއީ

                           މަގުމަށްޗައް ކުނިއެޅުން ކަމުގައި ބެލެވޭނެއެވެ.

 

ކުނި އެންދުމަށް    8     (ރ)     މި އުޞޫލްގެ ދަށުން ކުނި އެންދޭނީ ވަކި ޚާއްޞަ ކަމަކާ ގުޅިގެން ނުވަތަ ކޮންމެހެން އެންދުން ލީޒިމް

ހުއްދަދިނުން                    ކުރާފަދަ އެއްޗެއް، އެންދުމުގެ ބޭނުމުގައި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކައުންސިލްގެ

                           ހުއްދަ ލިބިގެން ކައުންސިލްގެ ފަރާތުން ކަނޑައަޅާ ތަނެއްގަ އެވެ. މިނޫން ގޮތަކަށް ކުނި އެންދުމަކީ

                           މަނާކަމއެކެވެ.

 

ކުނި ޖަމާކޮއްފައި   9     (ހ)     މިއިޞޫލަށް އަމަލުކުރަން ފެށުމަށްފަހު އެއްވެސް މީހަކު އެ މީހެއްގެ އަމިއްލަ ގޯތީގައި ނުވަތަ ވަކި

ބެހެއްޓުން                     ފަރާތަކުން ޒިންމާވާގޮތަށް ބަލަހައްޓާ ތަނެއްގައި، އެ ތަނެއްގެ ނުވަތަ އެ ގޯއްޗެއްގެ ވަށައިގެންވާ

                           އަވަށްޓެރިންނަށް އުނދަގޫ ވެދާނެ ފަދަ ގޮތަކަށް ކުނި ޖަމާކުރުމާއި، ކުނި އުކާނުލައި ގިނަކުރުމަކީ

                           މަނާކަމެކެވެ. މިގޮތަށް ކުނި ގިނަވުމުގެ ސަބަބުން އެއްވެސް ފަރާތަކުން ޝަކުވާއެއް އުފުލައިފި

                           ހިނދެއްގައި ކުނި ޖަމާކޮއްފައި ބެހެއްޓި ފަރާތް ނުވަތަ ކުނި އުކާނުލާ ބެހެއްޓި ފަރާތް ކުނި އުކަން

                           ހަމަޖެހިފައިވާ ތަންނޫން އެހެން ތަނަކަށް ކުނި އެޅީކަމުގައި ބެލެވޭނެއެވެ.

                   (ށ)      ކުނީގެ ތެރެއިން ނުބައި ވަސްދުވާ ތަކެއްޗާއި، އުކައިނުލައި ހުރުމުގެ ސަބަބުން ބަލިމަޑުކަމެއް

                           ފެތުރިދާނެ ފަދަ ތަކެތި އުކައިނުލައި އަމިއްލަ ގޯތީގައި ބަހައްޓާނަމަ، އެ ކަމަކީ މި އުޞޫލުގެ

                           ދަށުން މަގު މައްޗަށް ކުނިއއެޅުމާއި އެއްފަދަ ކަމެއްކަމުގައި ބެލެވޭނެ އެވެ. އެފަދަ ފަރާތްތަކާއި

                           މެދު މި އުޞޫލުގެ 18 ވަނަ މާއްދާގެ ދަށުން އަމަލުކުރެވޭނެ އެވެ.

 

ކުނި އުކުމާއި ކުނި   10  (ހ)      މި އުޞޫލުގެ މަޤުޞަދު ޙާސިލްކުރާނީ، ކުޑަރިކިލު ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ކޮމިޓީ އާއި،

ނައްތާލުމުގެ ނިޒާމް                ކުޑަރިކިލު ކައުންސިލްގެ ބެލުމުގެދަށުން ރަށުގެ ކުނި އުކުމާއި ކުނި ނައްތާލުމުގެ ނިޒާމް "ކުޑަރިކިލު

"ކުޑަރިކިލު ވޭސްޓް                ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" މެދުވެރި ކޮށެވެ.

މެނޭޖް ޕްރޮޖެކްޓް"

ހިންގުން              (ށ)      ރަށުގެ ކުނި އުކުމާއި ކުނި ނައްތާލުމުގެ ނިޒާމްގައި ބައިވެރިވާ ފަރާތްތަކުގެ ގެދޮރުގައި އުފެދޭ ކުނީގެ

                           ތެރެއިން، ކޮންމެ ދުވަހަކު ބަދިގެ ބާކީ (ބަދިގެ ޑަސްބިން) ނަގާދެވޭނެ އެވެ. އަދި ފަތްކުނި އާއި

                           އެހެނިހެން ބާވަތްތަކުގެ ކުނި، ކޮންމެ ހަފްތާއަކު ކަނޑައެޅޭ، ކޮންމެވެސް އެއް ދުވަހަކު

                           (މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ) ގޭގެއިން ނަގައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ

                           އެވެ. މިގޮތުން ފަތްކުނި ނެގެނީ ހަފްތާއަކު 3 ދުވަހު އެވެ. ކާދުހެދުމަށް ބޭނުންވާ މިންވަރަށް

                           އެދުވަހުގެ ފަތްކުނި ނުލިބޭނަމ، ފަތްކުނި ގިނަކުރުމަށް، ހަފްތާގެ ތެރޭގައި އިތުރު ދުވަސްތަކުގައި

                           ވެސް ފަތްކުނި ނެގޭނެ އެވެ. އެހެނިހެން ބާވަތްތަކުގެ ކުނި އެގެއެއްގައި ގިނަވާ ނިސްބަތަކުން

                           އުކާދެވޭނެއެވެ. މިނިޒާމް ހިންގޭނީ ބައިވެރިވާ ފަރާތްތަކުން މި އުޞޫލުގެ 14 ވަނަ މާއްދާގައިވާ

                           ގޮތުގެ މަތިން މަހު ފީއެއް ނަގައިގެންނެވެ.

 

                   (ނ)     ކޮންމެ ގެއަކުން އެ ގެއެއްގައި އުފެދޭ  ކުނީގެ ބާވަތްތަށް ވަކިކުރުމަށްފަހު، ކުނި ގެންދިއުމުގެ ޚިދުމަތްދޭ

                           ފަރާތްތަކަށް ފަސޭހައިން ނެގޭފަދަ ތަނެއްގައި މަތިޖަހާފައި ކުނި ބައިކޮއްފައި ބަހައްޓަންވާނެއެވެ މިނިޒާމް

                           ފުރިހަމަކޮށް ތަރަށްޤީކުރުމަށް އިތުރަށް ކުރަންޖެހޭ ކަންތައްތަކަކީ މި އުޞޫލުގެ ދަށުން ކުރެވޭނެ ކަންތައްތަކެވެ.

 

ކުނީގެ ބާވަތްތައް      11        ކުނި އުކުމާއި ކުނި ނައްތާލުމުގެ ނިޒާމްގެ ދަށުން ޚިދުމަތް ލިބިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ

ވަކިކުރުމާއި، ކުނި                   ގޮތަށް ކުނި ވަކިކޮށް ބައިކޮށްފައި ބަހައްޓަން ވާނެއެވެ.

ބަހައްޓަންޖެހޭ ގޮތްތައް

                   (ހ)    ބަދިގެ ބާކީ އާއި ކުނިވަޒާތުގެ ކުނި ހުންނަންވާނީ މަތިޖެހި އެއްޗަކަށް އަޅައި ބަންދުކުރެވިފަ ހުރުމާއި އަދި

                          މި ޒާތުގެ ކުންޏާއި އެހެން އެއްވެސް ބާވަތެއްގެ ކުނި އެއްކޮށްފައި ނުބެހެއްޓުން.

                   (ށ)     ކުނީގެ ތެރެއިން ފަތްކުނި ވަކި ކޮއްފައި  ގޯނި ނުވަތަ ޓައްޕުގައި ބެހެއްޓުން.

                   (ނ)     ނެޕީ ފަދަ ތަކެތި ވަކިކޮއްފައި ބެހެއްޓުން.

                   (ރ)     ދަގަނޑުގެ ބާވަތްތައް ވަކިކޮއްފައި ބެހެއްޓުން.

                   (ބ)     ބިއްލޫރި ވަކިކޮއްފައި ބެހެއްޓުން.

                   (ޅ)     ޕޮލާސްޓިކް، ރަބަރު އަދި  ކޮތަޅު ވަކިކޮއްފައި ބެހެއްޓުން.

                   (ކ)      ނުރަށްކާތެރިކުނި (ކަރަންޓްގެ ސާމާނު، ބެޓެރި އަދި ފައިބަރުފަދަ ތަކެތި) ވަކިކޮއްފައި ބެހެއްޓުން.

                   (އ)      ކުނި ކަހާ ނަގާ އަޑީކުނި (ވެއްޔާއި އެކުގައި ނަގާ ކުދިކުނި) ވަކިކޮއްފައި ބެހެއްޓުން.

 

އެހެނިހެން ފަރާތްތަކުން 12 (ހ)    ކުޑަރިކިލު ކައުންސިލްގެ ފަރާތުން ކުނި ނަގާދިނުމާއި ކުނި ނައްތާލުމުގެ މަސައްކަތުގެ ނިޒާމް            

ކުނި އުކާލުން                 ހިގަމުންދާން ފެށުމުން، މި ނިޒާމްގައި ބައިވެރި ނުވާ ގެތަކުންނާއި  ގޭބިސީތަކުން ކުނި އުކާލެވޭނެއެވެ.

 

                     (ށ)     ކުނި ނަގާދިނުމާއި ކުނި ނައްތާލުމުގެ މަސައްކަތުގެ ނިޒާމްގައި ބައިވެރި ނުވެ އަމިއްލައަށް ކުނިގެންދާ

                            ފަރާތްތަކުން، ކުނިކޮށްޓަށް ކުނި ގެންދިއުމަށްފަހު، ކުނިކޮށީގައި ކުނި ބަހައްޓަންޖެހޭ ތަރުތީބުން ކުނި

                            ބައިކޮށް ބަހައްޓަންޖެހޭނެއެވެ.

                     

                     (ނ)     މި ނިޒާމުގައި ބައިވެރިނުވާ ފަރާތްތަކުން ކުނިކޮށްޓަށް ވަދެވޭނީ، މިއުޞޫލުގެ 14 ވަނަ މާއްދާގައި

                             ވާގޮތުގެ މަތިން ޚިދުމަތުގެ އަގު ދައްކަވައިގެންނެވެ.

 

ކުނި ނަގާދިނުމުގެ    13         މިއުޞޫލުގެ ދަށުން ކުނި ނަގާދިނުމާއި ނައްތާލުމުގެ ޚިދުމަތް ދާއިމީކޮށް ލިބިގަތުމަށްޓަކައި މި ކައުންސިލުން

ޚިދުމަތް ފޯރުކޮށްދިނުން           ޚިދުމަތުގައިބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން ނަންނޯޓް ކުރާ ފަރާތާއި ކައުންސިލާއި ދެމެދު

                             އެއްބަސްވުމެއްގެ ދަށުން ޚިދުމަތް ލިބިގެންދާނެ އެވެ.

 

ކުނި ފީ ނެގުން      14 (ހ)     ކުނި އުކާލުމާއި ކުނި ނައްތާލުމުގެ ޚިދުމަތުގެ ފީ ނެގޭނީ މި އުޞޫލުގެ ދަށުން މިދަންނަވާ ގޮތުގެ މަތިންނެވެ.

                            1. މީހުން ދިރި އުޅޭ ގޭބިސީތަކުން ނެގޭ ފީ (މަހަކަށް)                         150.00

                            2.  މީހުން ދިރި އުޅޭ ގޭބިސީތަކުގެ ތެރެއިން ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް           100.00

                               އަމިއްލަޔަށް ކުނި ގެންދާ ފަރާތްތައް (މަހަކަށް)

                            3.  ފަޅު ގޯތިތަކާއި މީހުން ދިރިއުޅުން ނުފަށާ ގޯތިތަކުން ނެގޭ ފީ (މަހަކަށް)             50.00

                            4.  ކުންފުނި/ ފިހާރަތަކުން ނެގޭ ފީ (މަހަކަށް)                               200.00

                            5.  ކެފޭ / ރެސްޓޯރެންޓްތަކުން ނެގޭ ފީ (މަހަކަށް)                            350.00

                            6.  ވޯކް ޝޮޕްތަކުން ނެގޭ ފީ (މަހަކަށް)                                   350.00

                            7.  ގެސްޓްހައުސްތަކުން ނެގޭ ފީ (މަހަކަށް)                                  200.00 

                            8.  ކްލިނިކް އަދި ފާމަސީން ނެގޭ ފީ (މަހަކަށް)                               200.00

                             9.  ވަޑާންގެ / ކާޕެންޓްރީތަކުން ނެގޭ ފީ (މަހަކަށް)                            200.00

                            10.  ޚާއްޞަ ހަފުލާތަކާއި ޕާޓީތަކުން ކުނި އުކާލުމުގެ ފީ                           350.00

                            11.  ކުޑަރިކިލު ކައުންސިލުން ނެގޭ ފީ (މަހަކަށް)                               350.00

                           12.  ކުޑަރިކިލު ސްކޫލުން ނެގޭ ފީ (މަހަކަށް)                                  500.00

                           13.  ކުޑަރިކިލު ޞިއްޙީ މަރުކަޒުން ނެގޭ ފީ (މަހަކަށް)                            350.00

                           14.  ފެނަކަ ކޯޕަރޭޝަން ކުޑަރިކިލު ބްރާންޗްއިން ނެގޭ ފީ (މަހަކަށް)                    350.00

                           15.  ކުޑަރިކިލު މެޖިސްޓްރޭޓް  ކޯޓުން ނެގޭ ފީ (މަހަކަށް)                           350.00

                           16.  އިޖްތިމާއީ މަރުކަޒުން ނެގޭ ފީ  (މަހަކަށް)                                  350.00

                           17.  އިޖްތިމާއީ ސަރަހައްދުތަކުން ނެގޭ ފީ (މަހަކަށް)                              1000.00

                           18.  މިސްކިތްތަކުން ނެގޭ ފީ (މަހަކަށް)                                       600.00

                           19.  މުވާސަލާތީ ޚިދުމަތްދޭ ތަންތަނުން ނެގޭ ފީ (މަހަކަށް)                           500.00

                           20.  ސްޕޯރޓްސް އެރީނާއިން ނެގޭ ފީ (މަހަކަށް)                                 1000.00 

                          21.  ކުލަބް ޖަމުއިއްޔާތަކުން ނެގޭ ފީ (މަހަކަށް)                                   50.00

                           22.  ކުނިއުކާ ކޮންމެ ޕިކަޕެއް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވެއްދުމަށް                  80.00

                           23.  ކުނިއުކާ ކޮންމެ ގާޑިއާއެއް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވެއްދުމަށް                 25.00 

                           24.  ކުނިއުކާ ކޮންމެ ބަރޯއެއް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވެއްދުމަށް                  10.00

             

                     (ށ)        ޚިދުމަތް ލިބިގަންނަ ފަރާތުން ކޮންމެ މީލާދީ މަހެއްގެ ބަންދު ދުވަސް ނުހިމަނާ 10 (ދިހައެއް)

                               ވަނަ ދުވަހުގެ ކުރިން މި އިދާރާއަށް ޚިދުމަތުގެ ފީ ދައްކަންވާނެއެވެ. އަދި މި މުއްދަތުގެ ފަހުން

                               ފީ ދައްކާނަމަ، ފީ ބަލައި ގަންނާނީ ޖޫރިމަނާގެ ގޮތުގައި އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް 5.00

                               (ފަހެއް) ރުފިޔާގެ ޖޫރިމަނާއެއް ހިމަނައިގެންނެވެ.

 

ކުނި ނައްތާލުމުގައި    15   (ހ)        ކުނި ނައްތާލުމުގައި ވަކި ގޭބީސީ އެއްގެ ގޮތުގައި ބެލެވޭނީ ތިރީގައި މިވާ ކަންކަން އެތަނެއްގައި   

ވަކި ގޭބިސީ                     ފުރިހަމަވާ ތަންތަނަށެވެ.

ކަނޑައެޅުން                      

                              1.  ވަކިން ކައްކާ ކައި ބޮއި ހެދުން (ބަދިގެ ހުރުން)

                              2.  ވަކި އެޕާޓްމަންޓެއްގެ ގޮތުގައި ދިރިއުޅުން ނުވަތަ ކުއްޔަށް އުޅުން.

 

 

ޚިދުމަތް          16            ކުނި އުކާލުމާއި ކުނި ނައްތާލުމުގެ ޚިދުމަތް މެދު ކަނޑަން ބޭނުންވާނަމަ، މެދުކަނޑާލަން ބޭނުންވާ

މެދުކަނޑާލުމާއި،               ސަބަބު ބަޔާންކޮށް ލިޔުމުން އެކަން ކައުންސިލަށް، ހުށައެޅުމުން، ކައިންސިލުން ބެލުމަށްފަހު ޚިދުމަތް

އަލުން ޚިދުމަތް                   މެދުކަނޑާލަ ދެވޭނެއެވެ. މި ގޮތުން ޚިދުމަތް މެދު ކަނޑާލައިފިނަމަ ފީ އެއް ނުހިގާނެއެވެ އެހެން ނަމަވެސް

ދިނުން.                        ފީ ނުދައްކައިގެން ޚިދުމަތް މެދުކަނޑާލެވުނު ނަމަވެސް އެ މަހެއްގެ ފީ ހިނގާނެ އެވެ.

 

ކުރުން މަނާ       17    (ހ)       ކައުންސިލުން ކުނި އުކުމަށް ކަނޑައަޅާފައިވާ ސަރަހައްދު ނޫން އެހެން ތަކަކަށް ކުނި އަޅައިފި ނަމަ،

ކަންތައްތައް                    އެފަދަ ޢަމަލެއް ކުރި ފަރާތަކާއި މެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

                     (ށ)      މަސް ކެނޑުމަށްފަހު ބާކީވާ ކަރުގޮހޮރާއި އަދި މަސްކެނޑުމުން ބާކީވާ އެހެނިހެން ކުނިވާ ތަކެތި ފިޔަވާ،

                              އެހެނިހެން އެއްވެސް ބާވަތެއްގެ އެއްޗެއް ކަރުގޮހޮރާ އެކުގައި އުކާލައިގެން ނުވާނެއެވެ. އަދި ކަރުގޮހޮރު

                              އުކާލުމަށް ކައުންސިލުން ކަނޑައަޅާފައިވާ ތަނަށް ނޫން އެހެން ތަނަކަށް ކަރުގޮހޮރު އުކާލެވިގެން ނުވާނެއެވެ.

                              ކަރުގޮހޮރު ފިޔަވާ އެހެން ތަކެތި އުކުމަކީ މަނާކަމެކެވެ.

 

ޖޫރިމަނާ ކުރުން    18     (ހ)       މިއުޞޫލާއި ޚިލާފަށް އަމަލުކުރާ ފުރަތަމަ ފަހަރަށް ނަމަ އެ މީހަކަށް އެކަން ރަނގަޅު ކުރުމަށް އެންގުމާއިއެކު

                              -/50 (ފަންސާސް) ރުފިޔާއާއި -/250 (ދުއިސައްތަ ފަންސަސް) ރުފިޔާއާއި ދޭތެރޭ އަދަދަކަށް ޖޫރިމަނާ 

                              ކުރެވޭނެއެވެ.

 

                     (ށ)       މިއުޞޫލާއި ޚިލާފަށް އަމަލުކުރާ ފަރަތެއް ދެވަނަ ފަހަރަށްނަމަ އެކަން ރަނގަޅު ކުރުމަށް އެންގުމާއެކު

                               -/250 (ދުއިސައްތަ ފަންސަސް) ރުފިޔާ އާއި -/500 (ފައްސަތޭކަ) ރުފިޔާ އާއި ދޭތެރޭ އަދަދަކަށް

                               ޖޫރިމަނާ ކުރެވޭނެ އެވެ.

 

                     (ނ)       މިއުޞޫލާއި ޚިލާފަށް އަމަލުކުރާ ފަރާތްތަކުގެ ތެރެއިން ދެ ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް އެކަން

                               ރަނގަޅު ކުރުމަށް އެންގުމާއެކު -/500 (ފައްސަތޭކް) ރުފިޔާ އާއި -/1000 (އެއްހަސް) ރުފިޔާ އާއި 

                               ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

                              

                     (ރ)       މިއުޞޫލުގައި ކުރުމަށް އަންގާފައިވާ ކަމެއް ނުކުރުމުން ނުވަތަ ނުކުރުމަށް އަނަގާފައިވާ ކަމެއް ކުރުމުން

                               ކަނޑައެޅިގެން ވަކި އަދަބެއް ކަނޑައަޅާފައި ނުވާ ކަންކަމަށް ކަމުގެ ކުޑަބޮޑު މިނަށް ބަލައި

                               -/50 (ފަންސާސް) ރުފިޔާއާއި -/500 (ފައްސަތޭކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ

                               އިޚްތިޔާރު ކުޑަރިކިލު ކައުންސިލް އަށް ލިބިގެން ވެއެވެ.

 

 

 

 

                     (ބ)  މިއުޞޫލްގައި ހިމެނޭ އެންމެހާ ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ މިކައުންސިލަށް ނުވަތަ މިކައުންސިލުން

                          ކަނޑައަޅާ ތަނަކަށެވެ. 

 

މާނަކުރުން      19      (ހ)   ކައުންސިލް: މިއުޞޫލްގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލުގެ މާނައިގެ

                          ތެރޭގައި ހިމެނޭނީ މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލެވެ.

 

                     (ށ)   ކުނި ކޮށި: މި އުޞޫލުގައި ވަކި ތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކުނިކޮށި ގެ މާނައަކީ

                          ކުޑަރިކިލު ވޭސްޓްމެނޭޖްމަންޓް  ސެންޓަރެވެ.

 

                     (ނ)  މިއުޞުލްގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި،ކުންފުނި،

                          ގްރޫޕް، އޮފީސް ފަދަ ތަންތަން ހިމެނޭނެ އެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެޖެންސީއަކަށް 

                          ބޭނުންކުރެވިފައިވާ ބަސްތައް އެ ބަހެއް ބޭނުންކުރެވިފައިވާ ހާލަތަށް އެކަށީގެންވާ ގޮތަކަށް ރިއާޔަތްކޮށް

                          ގިނަ މީހުންނަށް ނުވަތަ ދެ ޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެ އެވެ.

 

 

 

 

 

 

 

 

 

 

 

                                                       

 

20 ސެޕްޓެންބަރު 2017
ހޯދާ