ފެކަލްޓީ އޮފް ސައިންސް
ދިވެހިރާއްޖެ
ރިސަރޗް އެސިސްޓެންޓް

އިޢުލާން

ރިސަރޗް އެސިސްޓެންޓް

ނަންބަރު: 153FSC/IUL/2017/06

ތާރީޙް: 17 ސެޕްޓެމްބަރ 2017

 

މަޤާމު:

 އެންޓިމައިކްރޯބިއަލް ރެސިސްޓަންސް އާއިބެހޭ ޕްރޮޖެކްޓް ގެ ރިސަރޗް އެސިސްޓެންޓް - ޑޭޓާ އެންޓަރީ

ބޭނުންވާ އަދަދު:

2

ބާވަތް އަދި މުއްދަތު:

3 މަސްދުވަހުގެ (ކޮންޓްރެކްޓް މަޤާމެއްގޮތުގައި)

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

މަސައްކަތް ކުރަންޖެހޭ ވަޤުތު:

ހަފްތާޔަކު  8ގަޑިއިރު

 

ވަޒީފާއަށް ބޭނުންވާ ތަޢުލީމާއި ތަޖުރިބާ:

  • ގައުމީ ސަނަދުތަކުގެ އޮނިގަޑު ލެވެލް 6 އެއްގެ ފާހެއް (ޑިޕްލޮމާއެއް) ހާސިލްކޮށްފައިވުން ނުވަތަ ބެޗްލަރސް ޑިގްރީގެ ފުރަތަމަ އަހަރު ނިންމާފައިވާ ފަރާތަކަށްވުން
  • މައިކުރޯސޮފްޓް އެކްސެލް  އަދި ވޯޑް ބޭނުން ކުރަން އިގުން
  • މީހުންނާ އެކު ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލްކަންހުރުން
  • މައިކްރޯބަޔޮލޮޖީ އަދި އެންޓިމައިކުރޯބިއަލް ރެސިސްޓަންސްް އާއި ބެހޭ އިލްމީ މައުލޫމާތު ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

މަސްއޫލިއްޔަތު:

 

  • ލެބޯޓްރީ ރިކޯޑްތަކުގައިވާ މިޕްރޮޖެކްޓަށް ބޭނުންވާ ޑޭޓާ ހަވާލުކުރެވޭ ފޯމެޓަށް އެޅުން.
  • ފޯމެޓަށް އެޅޭ މައުލޫމާތު ކޮންމެ ހަފުތާއެއް ނިމޭ އިރު ސުޕަވައިޒަރަށް ފޮނުވުންް.
  • އެއްކުރެވިފައިވާ މަޢުލޫމާތު ތަކުގައި ހުރި އުނި އިތުރު ދެނެގަނެ ބޭނުންވާ މިންގަނޑުތަކަށް އެ މަޢުލޫމަތުތަށް ފޯރުކޮށްދިނުމަށް ސުޕަވައިޒަރުގެ ލާފާގެމަތިން ކުރަންޖެހޭ ކަންތައްތަކުގައި އެހީތެރިވުން.
  • މިޕްރޮޖެކްޓުގެ ލިޔެކިޔުންތަކާއި ޑޭޓާ ތައް ބެލެހެއްޓުމާއި އިދާރީ ބައެއް މަސައްކަތް ކުރުން

 

އުޖޫރައާއި ޢިނާޔަތްތައް:

މަހަކު 3000 (ތިންހާސް) ރުފިޔާ

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ސިޓީ ފޮނުވާނީ:

24 ސެޕްޓެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފެކަލްޓީ އޮފް ސައިންސް އިމާރާތް (ސޯސަންގެ ބިލްޑިންގް ތިންވަނަ ފަންގިފިލާ، ސޯސަންމަގު، މާލެ)

އިތުރު މަޢުލޫމާތު:

  • މަޢްލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345460، 3345259 ނަންބަރު ފޯނާއެވެ.
  • އިޢުލާންގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ސިޓީއާއިއެކު ހުށައަޅަންވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ. 

 

17 ސެޕްޓެންބަރު 2017
ހޯދާ