ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ހަދިޔާ ބަންދުކުރާ ފޮށި ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާނު

ހަދިޔާ ބަންދުކުރާ ފޮށި ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ ތަކެތި، 2 އަހަރު ދުވަހުގެ މުއްދަތަށް ހަދައިދޭނެ ފަރާތެއް ހޯދުމަށް 13 އޮގަސްޓު 2017 ގައި ކުރި، މިއޮފީހުގެ ނަންބަރު IUL)1-FA(B)/1/2017/45)  އިޢުލާނާ ގުޅިގެން އެއްވެސްފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

1. ލިޔެލާޖެހި އެއްޗެހި ބަންދުކުރާފޮށި

2. ކުނާ ބަންދުކުރާ ފޮށި

3. އަސާ ބަންދުކުރާ ފޮށި

4. ދޯނި ބަންދުކުރާ ފޮށި

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 އޮގަސްޓު 27 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2017 އޮގަސްޓު 30 ވާ ބުދަ  ދުވަހުގެ 11:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

 30 ޛުލްޤަޢިދާ 1438

 

22 އޮގަސްޓް 2017
ހޯދާ