ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައުތަކެތި ނީލަންކިޔުން

އިޢުލާން

                         މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

  • މޭޒު ފިލާގަނޑު ތަކެއް (ބައު)
  • ޕާޓިޝަންތަކެއް އެއާގުޅޭ ބުރެކެޓް ތަކާއެކު (ބައު)
  • 02 ދޮންނަ މެޝިން (ހަލާކުވެފައިހުރި)
  • 01 އެއަރކޯން އައުޓްޑޯ ޔުނިޓް (ހަލާކުވެފައިހުރި)

               މި ތަކެތީގެ ނީލަން ފެށޭ އަގަކީ 4,500.00 (ހަތަރުހާސް ފަސްސަތޭކަ) ރުފިޔާއެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 100.00 (ސަތޭކަ) ރުފިޔާ އެވެ.

                        ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2017 އޮގަސްޓު 20 ވާ އާދީއްތަ ދުވަހުގެ 11:00 އާއި 12:00 އާ ދެމެދު މިތަކެތި ބެއްލެވުމަށް ފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު އަދި އައި.ޑީ.ކާޑުގެ ފޮޓޯކޮޕީއަކާ އެކު ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށް ފަހުު، 2017 އޮގަސްޓު 20 ވާ އާދީއްތަަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

                  މި ތަކެތި ބައްލަވައިލައްވަން ބޭނުންވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު 7793503 ފޯނާ ގުޅުއްވުން  އެދެމެވެ.

                         24 ޛުލްޤަޢިދާ 1438  

                         16 އޮގަސްޓު  2017 

 

15 އޮގަސްޓް 2017
ހޯދާ