މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުނަގަސްތަކެއް ސިޓީލާ ނީލަމުގައި ވިއްކާލުމާއިބެހޭ

ނަރުދަމާގެ މަސައްކަތްކުރި އިރު ކޯރަށް އަރައިގެން ނަގާފައިވާ 3ގަސްފުނަ ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މިގަސްތަކަށް އަގު ހުށައެޅޭނީ ހުރިހާ ގަހަކަށް އެއްކޮށެވެ. ނީލަން ފެށޭ އަގަކީ -/3000 ރުފިޔާއެވެ. މަދުވެގެން އިތުރުކުރެވޭނީ -/500 ރުފިޔާއެވެ.

ވީމާ މިނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިކައުންސިލަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށައަޅުއްވާ އެންމެ މަތީ އަގު ލިޔުއްވާ، ސިޓީއުރައެއްގައި ބަންދުކޮށްފައި 17 އޮގަސްޓު 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 ފެށިގެން މި ކައުންސިލަށް ހުށައަޅުއްވަމުން ގެންދިއުން އެދެމެވެ.

ނީލަން ހުށައެޅޭއަގުތަކުގެ ތެރެއިން އެންމެ މަތީ އަގު ރަސްމީ ދުވަސްދުވަހުގެ ހެނދުނު 9:30ގައި މިއިދާރާގެ ނޯޓިސް ބޯޑްގައި ބެހެއްޓިފައި ހުންނާނެއެވެ. އަދި ހަމައެހެންމެ މިއިދާރާގެ 6580069 ނަންބަރު ފޯނާއި ގުޅައިގެން އަގު ސާފުކުރެވޭނެއެވެ. ނީލަން ނިންމުމަށް ހަމަޖެހިފައިވަނީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށެވެ. ނީލަން ނިމުމުން ނީލަން ކާމިޔާބުވިފަރާތުން 10 ދުވަހުގެ ތެރޭގައި ގަސްތައް ނަގަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6580069 ނަންބަރު ފޯނާއެވެ. 

16 އޮގަސްޓް 2017
ހޯދާ