ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އިންވިޖިލޭޓަރުން ހޯދުން

  ނަންބަރު:  IUL)120/1/2017/37)

 

އިޢުލާން

 

2017 ވަނައަހަރުގެ އޮކްޓޯބަރ/ނޮވެމްބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނަށް އިންވިޖިލޭޓަރުން ހޯދުމާ ބެހޭ:                                                                                                     

2017 ވަނަ އަހަރުގެ އޮކްޓޯބަރ/ނޮވެމްބަރ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޭމްބްރިޖް އޯލެވެލް، އައިޖީސީއެސްސީ އަދި އެސްއެސްސީ އިމްތިޙާނުގައި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ، އެކަމަށް ޝަރުތު ފުރިހަމަވާ މީހުން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެލައްވާ  ފަރާތްތަކުން މިކަމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2017 އޮގަސްޓް 24 ގެ 13.30ގެ ކުރިން މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ފޯމުދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެދުނު 8:30 ން 13.30 އަށެވެ. މިކަމަށް އެދޭ ފޯމު މިޑިޕާޓްމަންޓްގެ ކައުންޓަރުންނާއި ވެބްސައިޓް www.dpe.edu.mv އިން ލިބެން ހުންނާނެއެވެ.

އިންވިޖިލޭޓަރުން  ބޭނުންވަނީ އިމްތިޙާންގެ މުޅި މުއްދަތަށާއި ވަކި ވަކި ދުވަސްތަކަށެވެ. އިމްތިޙާންގެ މުއްދަތަކީ 2017 ސެޕްޓެމްބަރ 30 ން 2017 ނޮވެމބަރ 14 އަށެވެ. ވަކިން ބޭނުންވާ ދުވަސްތަކަކީ އޮކްޓޯބަރ 1، 17، 18، 22، 28، 31  އެވެ.

22 ޛުލްޤަޢިދާ 1438  

14 އޯގަސްޓް 2017 

 

14 އޮގަސްޓް 2017
ހޯދާ