ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިޔުން

މިއިދާރާގެ ބެލުމުގެ ދަށުގައިވާ ބައެއް ތަކެތި ނީލަމުގައި ވިއްކާލުމާއި ބެހޭ

ތިރީގައި މިދަންނަވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މިތަކެތި ނީލަމުން ނެގުމަށް ބޭނުންވާ ފަރާތްތަކުން 2017 އޯގަސްޓް 21 ވަނަ ދުވަހުގެ 11:00 އަށް މި ކައުންސިލް އިދާރާ އަށް ވަޑައިގެންދެއްވުން އެދެމެވެ.

ނީލަމުން ނަގާ ތަކެއްޗަށް ރަސްމީ 02 ދުވަހުގެ ތެރޭގައި ފައިސާ ދައްކަންވާނެއެވެ. އަދި ފައިސާ ދައްކާ ތާރީޚުން ފެށިގެން ގިނަވެގެން 03 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. މި މުއްދަތުގައި ނީލަމުން ތަކެތި ނެގިފަރާތުން ތަކެއްޗަށް ފައިސާ ނުދައްކައިފިނަމަ، ދެވަނައަށް އެންމެ މަތިން ހުށަހެޅިފަރާތަށް ނީލަން ކާމިޔާބުވިކަމަށް ބަލައި ތަކެތި ދޫކުރެވޭނެއެވެ.

ނީލަން ކާމިޔާބު ކުރުމަށްފަހު ފައިސާ ނުދައްކާ ފަރާތްތަކަށް މީގެ ފަހުން މިއިދާރާއިން ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ފައިސާ ދެއްކެވުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެތި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ނައްތާލެވޭނެއެވެ.

ނީލަމުގައި ބައިވެރިވެވޭނީ 2017 އޯގަސްޓް 21 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ނީލަމުގައި ބައިވެރިވުމަށް އެދި މިއިދާރާއަށް ޙާޟިރުވާ ފަރާތްތަކަށް އެކަންޏެވެ. އަދި ގަޑި ޖެހިގެން އަންނަ ފަރާތްތަކަށް މިނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި

ޢަދަދު

ތަކެތީގެ ނަން

ނީލަން ނަންބަރ

ތަފްޞީލް

5

ކީ ބޯޑް

 2017/002

ހަލާކުވެފައި.

1

ގަޑި

 2017/003

ހަލާކުވެފައި.

1

ސީޕީޔޫ

 2017/004

ހަލާކުވެފައި.

3

މައުސް

 2017/005

ހަލާކުވެފައި.

2

މައިކް ވާގަނޑާއިއެކު

2017/006

ހަލާކުވެފައި.

1

މައިކް

ހަލާކުވެފައި.

1

ޓެލެފޯން

 2017/006

ހަލާކުވެފައި.

1

ޓީވީ ރެކް

 2017/007

ހަލާކުވެފައި.

1

ލަކުޑި އަލަމާރި

 2017/008

ހަލާކުވެފައި.

7

ޔޫޕީ އެސް

 2017/009

ހަލާކުވެފައި.

5

މޮނިޓަރ

 2017/010

ހަލާކުވެފައި.

1

އޭސީ

 2017/011

ހަލާކުވެފައި.

1

އޭސީ

 2017/012

ހަލާކުވެފައި.

5

ވީލް ބަރޯ

 2017/013

ހަލާކުވެފައި.

1

އުޝާ ފަންކާ

 2017/014

ހަލާކުވެފައި.

1

އުޝާ ފަންކާ

 2017/015

ހަލާކުވެފައި.

1

އުޝާ ފަންކާ

 2017/016

ހަލާކުވެފައި.

2

ޕަވަރ ސަޕްލައި

 2017/017

ހަލާކުވެފައި.

1

ތިޖޫރީ

 2017/018

ހަލާކުވެފައި.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޛުލްޤައިދާ 1438

15 އޮގަސްޓް 2017
ހޯދާ