ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިނބިދޫ ފުޓްސެލް ދަނޑު އަޅާ ބިމުގައި ހުރި ރުއްގުޅިތައް ނީލަން ކިޔުން

ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ތ. ކިނބިދޫ ބޯޅަދަނޑުގައި ހަދަމުންގެންދާ ފުޓްސެލް ދަނޑު އަޅާ ބިމުން  ކެނޑި ރުއްތަކުގެ ރުއްގުޅިތައް ނީލަން ކިއުން 10 އޯގަސްޓް 2017 ވާ އަންގާރަ  ދުވަހުގެ ހެނދުނު 10:00 ގައި ކިނބިދޫ ބޯޅަދަނޑުގައި އޮންނާނެއެވެ. ނީލަން ކިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ގުޅިއެއް ވަކީންނެވެ. ނީލަން ކިޔަމުންދާއިރު އަގަށް ފަހަރަކު އިތުރު ކުރެވޭނީ މަދުވެގެން -/5 ރުފިޔާއެވެ. ޖުމްލަ ރުއްގުޅީގެ ޢަދަދަކީ 88އެވެ.

           ނީލަމުން ނަންގަވާ ރުއްގުޅިތަށް ގެންދަންވާނީ ނީލަމުންނެގި ފައިސާ ކައުންސިލްގެ އިދާރާއަށް ދެއްކެވުމަށް ފަހުގައެވެ. ފައިސާ ނުދައްކައި ނުވަތަ ފައިސާ ދެއްކުމަށް ފަހުވެސ ގުޅިތައް ނުގެންގޮސް 7 ދުވަހަށްވުރެ އިތުރު ވެއްޖެނަމަ އެގުޅިތައް އަލުން ނީލަން ކިޔޭނެއެވެ. އަދި، ނީލަމުން ނެގި ރުއްގުޅިތައް އެތާނގައި ބަހައްޓައިގެން ފަޅައި ކޮށައި ހަދައިފިނަމަ އެތަނަށް އެޅޭ ކުނި ސާފުކުރަންވާނެއެވެ.

            މީގެ ކުރީން މިއިދާރާގެ ނީލަމެއްގައި ބައިވެރިވެ މިހާތަނަށް އެއްވެސް ފައިސާއެއް ނުދައްކާ ފަރާތެއްވާނަމަ އެފަރާތެއް ނީލަމުގައި ބައިވެރިއެއް ނުކުރެވޭނެއެވެ. އެހެން ކަމުން މިހާރު ނީލަމަށް ފައިސާ ނުދައްކަވާ ފަރާތްތަކުން ފައިސާ ދައްކަވައި ޚަލާޞް ކުރުމަށް ދެންނެވީމެވެ.

     ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

03 އޮގަސްޓް 2017
ހޯދާ