ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިރިލަންދޫ ސިނާއީ ސަރަހައްދުގައި މަސްވެރިންގެ ފާލަން އެޅުން

އިޢުލާން

                                                 ނަންބަރ: (IUL)389/389/2017/47

 

ހިރިލަންދޫ ސިނާއީ ސަރަހައްދުގައި މަސްވެރިންގެ ފާލަން އެޅުން

       

              ހިރިލަންދޫ ސިނާއީސަރަހައްދުގައި މަސްބޭލުމަށް ފާލަމެއް އަޅަން ބޭނުންވެއްޖެއެވެ.

މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތް ތަކުން 6 އޮގަސްޓް 2017 ވާ އާދިއްތަ ދުވަހު 11:00 ގައި ހިރިލަންދޫ ކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށް ފަހު 14 އޮގަސްޓް 2017 ވާ ހޯމަ ދުވަހު  11:00 ގައި ހިރިލަންދޫ ކައުންސިލަށް ބިޑް ހުށައެޅުއްވުން އެދެމެވެ.

              މައުލޫމާތަށް އަދި ބިޑް ހުށައެޅުމަށް ވަޑައިގަންނަވާނީ އައިޑީކާޑް ހިފައިގެންނެވެ. ބަދަލުގައި ބޭފުޅަކު މައުލޫމާތް ސާފުކުރާނަމަ ނުވަތަ ބިޑް ހުށައަޅާނަމަ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީކާޑް ކޮޕީ ހުށައަޅަންވާނެއެވެ. ބިޑް ހުށައަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ބަންދުކޮށްގެންނެވެ. ސިޓީއުރައިގެ ބޭރުގައި ހުށައަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް އަދި ޕްރޮޖެކްޓްގެ ނަން ލިޔެފައި އޮންނަންވާނެއެވެ. މަސައްކަތުގެ މައުލޫމާތު ސާފުނުކުރައްވާ ފަރާތް ތަކުން ހުށައަޅުއްވާ ބިޑްތަކާއި އަދި މައުލޫމާތު ފުރިހަމަނުވާ ބިޑްތައް ބާތިލް ކުރެވޭނެއެވެ.

             ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

             01 ޒުލްގައިދާ      1438   

             24 ޖުލައި       2017

 

 

                                                              މުޙައްމަދު ޖަލާލު

                                                             ކައުންސިލްގެ ރައީސް

24 ޖުލައި 2017
ހޯދާ