އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލައިސަންސް ހެއްދުމަށް އެގްޒަމިނަރެއް ހޯދުން

 

 

                                         އިޢްލާން  

         މިއިދާރާއާއި ޓުރާންސްޕޯޓް އޮތޯރިޓީއާއި ގުޅިގެން އެއްގަމު އުޅަދުދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރަކު ބޭނުންވެއްޖެއެވެ. އިމްތިޙާނު އޮންނާނީ އދ. އޮމަދޫ ގައެވެ.

ސަރުތު:

         1. ފާއިތުވި 05 އަހަރުގެ ދުވަހުގެ ތެރޭގައި  ޓުރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައިވާ ނުވަތަ އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

         2.  ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

         3. ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާއި ރަނގަޅު ސިއްހަތެއްގައި ހުރި މީހަކުކަމުގައިވުން.

         4. އދ. އޮމަދޫ ކައުންސިލްގެ އިދާރާގައި ވަޒީފާއަދާކުރާ މުވައްޒިފަކުކަމުގައި ނުވުން.

         5. ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރާ މީހެއް ކަމުގައި ނުވުމާއި ވޭތުވެދިޔަ 01 އަހަރު ދުވަހުގެ ތެރޭގައި ޑްރައިވިންގް ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.

         އުޖޫރަ: ޓެސްޓް ކުރާ ކޮންމެ A0A1  ކެޓަގަރީގެ އުޅަދަކަށް -/15 ރުފިޔާ

         އެހެނިހެން ކެޓަގަރީގެ ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ

         ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 10 އޮގަސްޓް 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަނަވަރާއި ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯރޑް ފޯމްއާއިއެކު ސިޓީއަކުން މިއިދާރާއަށް ހުށައެޅުވުން އެދެމެވެ.

            

29 ޝައްވާލު   1438

                                                             23 ޖުލައި   2017

 

 

                                                                                                                                  

                                                                                                      ޢަބްދުﷲ ނިޔާޒް

                                                                                                 އދ. އޮމަދޫ ކައުންސިލްގެ ރައީސް         

24 ޖުލައި 2017
ހޯދާ