ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގުދަންކުރުމަށާއި ޞިނާޢީ މަސައްކަތްތަކަށް ކ.ތިލަފުށިން ބިން ކުއްޔަށް ދޫކުރުން

 

އިޢުލާން

TCL/PROC-TA/2017/013 ނަމްބަރު:

ކ.ތިލަފުށީގެ ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީ.އައި.ޒެޑް) ސަރަހައްދުން ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ބިންކުއްޔަށްހިފުމަށް ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ޕްރޮޕޯސަލް ތަކެއް ލިބިފައި ނުވާތީވެ އިޢުލާން ނަމްބަރ (TCL/PROC-TA/2017/001) ބާޠިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާ ދަޢުވަތު އަރުވަމެވެ.

 

ތަފްޞީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ރަޖިސްޓްރީކުރުން

ޓީސީއެލް ހެޑް އޮފީސް

13 ދުވަސް ރަސްމީ

23 ޖުލައި 2017 އިން 14 އޮގަސްޓް 2017

09:00 – 15:00

ބީލަން ފޮތް ދޫކުރަން ފެށުން

ޓީސީއެލް ހެޑް އޮފީސް

އަންގާރަ

15 އޮގަސްޓް 2017

09:00 ގައި

ޕްރީ ބިޑް މީޓިންގ

ފަހުން އިޢުލާން ކުރެވޭނެ

ހޯމަ

21 އޮގަސްޓް 2017

10:30 ގައި

ބިޑް ސެކިއުރިޓީ ހުށަހެޅުން

ޓީސީއެލް ހެޑް އޮފީސް

11 ދުވަސް ރަސްމީ

22 އޮގަސްޓް 2017 އިން 10 ސެޕްޓެމްބަރ 2017 އަށް

09:00 އިން 15:00 އަށް

ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން

ފަހުން އިޢުލާން ކުރެވޭނެ

ހޯމަ

11 ސެޕްޓެމްބަރ 2017

13:30 ގައި

 

  • އަލަށް ރަޖިސްޓްރީ ކުރައްވާ ފަރާތްކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 200.00ރ. (ދުއިސައްތަ ރުފިޔާ) ދަށްކަންވާނެއެވެ. އަދި ބީލަން ހުށަހަޅުއްވަން ގަސްތުކުރައްވާ ކޮންމެ ޕްލޮޓަކަށް ވަކިން ރަޖިސްޓްރީކުރައްވަން ވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ 'ނޮން ރިފަންޑަބްލް' ފީއެކެވެ.
  • ބީލަން ހުށަހަޅުއްވާ ކޮންމެ ޕްލޮޓަކަށް 5,000.00ރ. (ފަސް ހާސް ރުފިޔާ)ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބަލައިގަނެވޭނެ އެންމެ ފަހު ތާރީޚަކީ 10 ސެޕްޓެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 15:00 އެވެ.

ނޯޓް: ރެޖިސްޓްރީ ކުރެއްވުމަށާއި ބިޑް ސެކިއުރިޓީ ދެއްކުމަށް ވަޑައިގަންނަވާއިރު ކުންފުންޏެއްނަމަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ އަދި އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑު ކޮޕީ ގެންނަވަންވާނެއެވެ.

 

ބީލަން ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދެއްވަންވީ ކަންކަން:  

 

  • ބީލަން ހުށަހަޅުއްވަންވާނީ ކުއްޔަށް ހިފަން އެދިލައްވާ ކޮންމެ ޕްލޮޓަކަށް ވަކިންނެވެ.
  • ބީލަން ހުށަހަޅުއްވާފައިވާ ބިޑް ވެލިޑިޓީގެ މުއްދަތު މަދުވެގެން 120 ދުވަހަށް ވާންވާނެއެވެ.
  • ބީލަން ހުށަހަޅުއްވަންވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

 

ބީލަން ހުށަހެޅުއްވޭނީ 10 ސެޕްޓެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 15:00 ކުރިން ބިޑް ސެކިއުރިޓީ ދައްކަވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނެ ތަނެއް ފަހުން އިޢުލާން ކުރެވޭނެއެވެ.

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މަޢުލޫމާތު ހޯއްދެވުމަށް ތިރީގައިވާ ލިންކަށް ފިއްތާލައްވާ.

        

http://www.tcl.com.mv/v2/wp-content/uploads/2017/07/TA-013-2017-Plot-Details.pdf

20 ޖުލައި 2017

26 ޝައްވާލު 1438

 

Fen Building/ 4th floor                                                                              ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ

Ameenee Magu, Male’, Republic of Maldives                                                            އަމީނީމަގު، މާލެ، ދިވެހިރާއްޖެ

Tel: 3307513 Fax: 3307514                                                              ފޯން: 3307513،3307515 ފެކްސް: 3307514

20 ޖުލައި 2017
ހޯދާ