މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ނަރުސް

                                                          ނަންބަރ:  IUL)167-HR/1/2017/17) 

އިޢުލާން

ތިރީގައި މި ދަންނަވާ މަގާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ބޭނުންވެއްޖެއެވެ. މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ ދިވެހިބޭފުޅުންނަށެވެ. ނަމަވެސް، ދިވެއްސަކު ނުލިބިއްޖެނަމަ ކޮންޓްރެކްޓް އުސޫލުން ބިދޭސީ މުވައްޒަފަކު ނެގޭނެ ވާހަކަ ދަންނަވަމެވެ.

މަޤާމް:

ނަރުސް

ރޭންކް:

އެމް.އެސް 3 (މެޑިކަލް ސަރވިސް 3)

ކްލެސިފިކޭޝަން:

މެޑިކަލް ސަރވިސް

މުސާރަ:

މަހަކު 5,610/- ރުފިޔާ

ސަރވިސް އެލަވެންސް:

ނޮންޕްރެކްޓިކްސްއެލަވްންސް:

ފުޑް އެލަވަންސް:

އެކޮމޮޑޭޝަންއެލަވަންސް:  

މަހަކު  3,500/-ރުފޔާ

މަހަކު 1,963/50ރުފޔާ

މަހަކު 1,800/- ރުފިޔާ

މަހަކު 2,500/- ރުފިޔާ

ބޭނުންވާ އަދަދު:

10

މަސައްކަތް ކުރަންޖެހޭ ތަން:              

މާފުށި ޖަލު، އައްސޭރި ޖަލު، މާލެ ޖަލު، އެޗް.ޑީ.ސީ އަދި އަހުލުވެރި މަރުކަޒު

މަޤާމުގެ ޤިންތި:

ކޮންޓްރެކްޓް

ފެންވަރު ނުވަތަ ޝަރުތު:                          

މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • ދިވެހި ސަރުކާރުން ޤަބޫލުކުރާ އިންސްޓިއުޓެއްގައި ނަރސިންގ ޑިޕްލޮމާ ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވުން. ނުވަތަ؛
  • ދިވެހި ސަރުކާރު ޤަބޫލުކުރާ އިންސިޓިއުޓެއްގައި ޑިޕްލޮމާ އިން ނަރސިންގ އެންޑް މިޑްވައިފްރީ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށް ފައިވުން. ނުވަތަ؛
  • ނަރުސްކަމުގެ ފަންނީ ރޮގުން ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.
  • އަދި ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' އަދި 'އިސްލާމް' މި

މާއްދާތަކުން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން؛

  • މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް ފަހެއް) އަހަރު ނުވާ މީހަކު ކަމުގައިވުން،
  • ޖިނާއީ އެއްވެސް ބާވަތެގެ ކުށެއް ކޮށްފައިވާ މީހަކަށް ނުވުމާއި،އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށް އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ  ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

 

  • ޖަލުތަކުގައި ތިބޭ ބަންދުމީހުންނަށް ޤަވާއިދުން ބޭސްދިނުން.
  • ރަސްމީ ޑިއުޓީ އިތުރުން އެމެޖެންސީ ޙާލަތެއް މެދުވެރިވެއްޖެނަމަ އެޓެންޑްވުން.
  • ނާރސިން ސްޓޭޝަން އަބަދުވެސް އެމެޖެންސީ ޙާލަތަށް ތައްޔާރުކޮށްފައި ބެހެއްޓުން.
  • އޯޕީޑިގައި ދިމާވާ މެޑިކަލް އެމެޖެންސީތަކުގައި ބަންދުމީހުންނަށް ސިއްޙީ ފަރުވާ ދިނުން.
  • ބަންދުގައި ތިބޭ ޤައިދީންގެ ތެރެއިން ޙާއްސަ ބަލިތަކަށް ފަރުވާ ހޯދުމުންދާ ޤައިދީންގެ މަންތްލީ  މެޑިކޭޝަން މޮނިޓަރ ކުރުމާއި ފޮލޯއަޕްސް މޮނިޓަރ ކުރުން.
  • އަލަށް ގެންނަ ޤައިދީން ސްކްރީން ކުރުން.
  • މެޑިކަލް ފައިލްތައް ބެލެހެއްޓުން.

 

 

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

 

  • ތަޢުލީމީ ފެންވަރު.
  • ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  • ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.
  • ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.
  • ޕޮލިސް ރިޕޯޓް

 

ސުންގަޑި:

 

  •  މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއި އެކު 02 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުއްވުން އެދެމެވެ.
  •  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  •  ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްހަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

 

އިންޓަރވިއު އަދި އެޕްޓިޓުއުޓް ޓެސްޓް އޮންނާނެ ތަނާއި، މުއްދަތު:

  • މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އެޕްޓިޓިއުޓް ޓެސްޓް އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
  • މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އެޕްޓިޓިއުޓް ޓެސްޓްގައި ބެލެވޭނީ 2015/R-218 (މި ސަރވިސްގެ ވަޒީފާއާއި ބެހޭ ޤާވާއިދު) އަށާއި ) 14/2013 ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫން) ނަށް އަހުލުވެރިވެފައިވާ މިންވަރަށެވެ.

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

  %50 ( ފަންސާސް އިންސައްތަ)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 

 މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ.

އީ މެއިލް: [email protected]

20 ޖުލައި 2017
ހޯދާ