މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލިދޫ ކައުންސިލްއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ނަމްބަރ: (IUL)297-EP/INDIV/2017/32

އިޢުލާން

ވެލިދޫ ކައުންސިލްއިދާރާގެ ސެކިއުރިޓީ  ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.................................................

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

           މިއިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން 2017 އޮގަސްޓް 01 ން 2017 ޑިސެމްބަރ 31 އަށްބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

           މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

2017 ޖުލައި 16    ވާ އާދީއްތަ ދުވަހުގެ 11:00 ގައި

އަންދާސީ ހިސާބު ހުށަހެޅުއްވުމާއި، ކެނޑުން

2017 ޖުލައި 19    ވާ ބުދަ ދުވަހުގެ 11:00 ގައި

 

         މިކަމަށް ހުށަހަޅާ ފަރާތްތަކަކީ ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ. 

  • ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ހިމަނަންޖެހޭ ކަންތައްތައް

ހ. ކުރިމަތިލައްވާ ފަރާތުގެ ޕްރޮފައިލް

ށ. މަސައްކަތް ކުރައްވަން ޚިޔާލުކުރައްވާގޮތް

ނ. ޖޮއިން ވެންޗަރނަމަ އެކަމުގެ ލިޔުން

ރ. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު އަގު ކަނޑައެޅިފައި އޮތުން. (މަހަކަށް ކަނޑައަޅާމިންވަރު)

 

  • ހުށަހަޅުއްވާ ޕްރޮފައިލްގައި ހިމަނަންޖެހޭ މަޢުލޫމާތު

ހ. ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑު ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހާފައި)

ށ. ހުށަހަޅާ ފަރާތުގެ ވަނަވަރު

ނ. ކޮމްޕެނީއެއްނަމަ އުފެދުނު ތާރީޚް

ރ. ކޮމްޕެނީއެއްނަމަ ކޮމްޕެނީގެ ރަޖިސްޓްރީ ކޮޕީ

ބ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ލިޔުމުގެ ކޮޕީ

ޅ. މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި އަދި މިހާރު ކުރަމުންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތު

 

ނޯޓް: ޖޮއިންޓް ވެންޗަރއަކުން ޕްރޮޕޯސަލް ހުށަހަޅުއްވާނަމަ ޖޮއިންޓް ވެންޗަރ ހެދިފައިވާ ކުންފުނިތަކުގެ މަޢުލޫމާތު ވަކިން ހުށަހެޅުން.

މިމަސައްކަތަކީ ދިވެހިންނަށް ދިނުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ. އަދި މިމަސައްކަތުގައި ގެންގުޅެންވާނީ ދިވެހިންނެވެ.

 

         މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

17 ޝައްވާލް 1438

11 ޖުލައި 2017

11 ޖުލައި 2017
ހޯދާ