މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

އިޢުލާން

                މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލުގައި ކުޅިވަރުކުޅޭ ސަރަހައްދު ތަރައްޤީކުރުމަށް މިހާރުއޮތް ފުޓްބޯޅަ ދަނޑު ބޮޑުކޮށް ދެންހުރި ކޯޓްތައް ޤާއިމްކުރުމަށްޓަކައި އެސަރަހައްދުގައި ހުރި ރުއްގަސް ކަނޑާ ބިންސާފުކޮށް ފަސްގަނޑު އެއްވަރުކޮއްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްބާއްވާ ބައްދަލްވުން 17 ޖުލައި 2017 ވާ ހޯމަ ދުވަހު ހެނދުނު 10.00 ގައި ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައި އޮންނާނެއެވެ.

                މިމަސައްކަތްކޮއްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިޔެކިއުންތައް ފުރިހަމަކުރުމަށްފަހު 24 ޖުލައި 2017 ވާ ހޯމަ ދުވަހުގެ އޮފީސްބަންދުވުމުގެ ކުރިން ސިޓީއަކުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިމުއްދަތުގެ ފަހުން ހުށަހަޅާ ސިޓީތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

1-      ރުއްގަހުގެ  ބަދަލުގެ މައްސަލަ ހަމަޖައްސައިދިނުމަށް ހުށަހަޅާގޮތް.

2-      ރުއްގަސް ނަގައިގެން އެހެންރަށަކަށް ގެންދާނަމަ އެކަން.

3-      މިތަނުންނަގާ ކުނިބުނި ނައްތާލުމަށް ހުށަހަޅާގޮތް.

4-      މިސަރަހައްދުގެ ފަސްގަނޑު އެއްވަރުކުރުމަށް ހުށަހަޅާގޮތް.

5-      މިމަސައްކަތް ނިންމުމަން ހުށަހަޅާ މުއްދަތު.

6-      މިމަސައްކަތުގެ އިތުރަށް ކޮއްދިނުމަށް ހުށަހަޅާ ކަންކަން.

7-      ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ.

8-      އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގާއިދޭ ކާޑުގެ ކޮޕީ.  

މިހެންވެ މިކަން ޢާއްމްކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޖުލައި 2017
ހޯދާ