ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް އެގްޒަމިނޭޝަން އޮފިސަރ

އިޢުލާނު

މަޤާމް:                       އެސިސްޓެންޓް އެގްޒަމިނޭޝަން އޮފިސަރ

ބޭނުންވާ ޢަދަދު:                  1 (އެކެއް)

މަޤާމުގެ ގިންތި:                  ސަޕޯޓް އޮފިސަރ

މަޤާމުގެ ރޭންކް:                  ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:             އޮފިސަރ ގްރޭޑް 1

ސެކްޝަން:                    ސަޕޯޓް ސަރވިސް

މަޤާމު އޮތް އޮފީސް:               ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް

މުސާރަ:                      މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:              މަހަކު -/1500 ރުފިޔާ

އިތުރު ޢިނާޔަތްތައް:             1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                       2. ދިވެހި ރާއްޖޭގެ ޕްންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                       3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންޓަރުގައި މުވައްޒަފުން މަސައްކަތް ކުރާނެ ތާވަލްތަކާއި ވަގުތުތައް ހަމަޖެއްސުމާއި މަސައްކަތް ބެލެހެއްޓުން
  2. ޚިދުމަތް ދިނުމުގައި ބަލަންޖެހޭ ލިޔުންތައް ފަރުވާތެރިކަމާއެކު ބެލުމާއި އަސްލާ އެއްގޮތްތޯ ބަލަންޖެހޭ ތަކެތި ބަލާ ޗެކްކުރުން
  3. ކައުންޓަރަށް އަންނަ ތަކެތި ބަލައިގަތުމާއި ކައުންޓަރުން ދޫކުރަންޖެހޭ ތަކެތި ދޫކުރުން
  4. މިޑިޕާޓްމަންޓުންދޭ ޚިދުމަތްތަކާ ގުޅޭގޮތުން ބަލައިގަންނަންޖެހޭ ފައިސާ، އެކަމަށް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ބަލައިގަތުން
  5. އިމްތިޙާންތަކާ އަދި ޑިޕާޓްމަންޓުން ދޭ ޚިދުމަތްތަކާ ގުޅޭގޮތުން ދޫކުރަނަޖެހޭ ނަތީޖާ، ސަނަދު އަދި ސެޓްފިކެޓް ފަދަ ތަކެތި ދޫކުރުން
  6. ޑިޕާޓްމަންޓުގެ ފޯނު ސިސްޓަމަށް އަންނަ ފޯނުތަކަށް ޖަވާބު ދިނުމާއި ޕާސްކުރަންޖެހޭ ފޯނުތަކަށް މުވައްޒަފުންނަށް ޕާސްކުރުމާއި ޕާސްކުރަންޖެހޭ މެސެޖްތައް ޕާސް ކުރުން
  7. ފްރަންޓް އޮފީހުން ދޭ ޚިދުމަތް ހަލުވިކޮށްދިނުމަށްޓަކައި އިސް ދައުރެއް އަދާކުރުން
  8. ފްރަންޓް އޮފީހުގެ މުވައްޒަފުން މަސައްކަތްކުރާގޮތް ބެލުމާއި، މަސައްކަތް ކުރުމުގައި ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރޭތޯ ބެލުން.
  9. ޚިދުމަތް ދިނުމަށް ބޭނުންވާ އެޕްލިކޭޝަން ފޯމުތައް ލިބެން ހުންނާނެ އިންތިޒާމް ހަމަޖެއްސުން
  10. އިމްތިޙާނުތަކާ ގުޅޭގޮތުން ޑިޕާޓްމަންޓުގެ އެހެން ސެކްޝަންތަކަށް އެހީތެރިވާންޖެހޭ ޙާލަތްތަކުގައި ސެކްޝަންގެ ވެރިޔާ އަންގާ ގޮތަކަށް އެފަދަ އެހީތެރިކަން ދިނުން
  11. ޑިޕާޓްމަންޓުން ރާވާ އިންތިޒާމުކުރާ ދަތުރުތަކުގައި ބައިވެރިވުން

މަޤާމުގެ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންކަން:

ހ. ލިބިފައިވާ ތަޖުރިބާ

ށ. ޤާބިލްކަން ކަށަވަރުކުރުން

ނ. އިންޓަވިއުކޮށްގެން

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

_ މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ފިލާ ބިލްޑިންގުގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް  ކައުންޓަރަށް.

_ ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ޖުލައި 13 ވާ ބުރާސްފަތިދުވަހުގެ 13:00 އެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަ ނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތަށް ފެންނަ، އަދި ލިޔެފައިވާ ލިޔުންތަށް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރިވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

           (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ގަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

           (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީ.

           (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.

   6. ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

   7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓްޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.   

   8. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

           (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

           (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުން:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 ޖުލައި 23 އާއި 2017 އޯގަސްޓް 10 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ މީޓިންގ ރޫމުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރު ވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަށް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

30%

ނޯޓް:

 - އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ގަޑިއަށް އިންޓަވިއުއަށް ޙާޟިރުވެ ސޮއިކުރަންވާނެއެވެ. ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް އިންޓަވިއު ނުކުރާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3009339 ނަންބަރު ފޯނާއެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

                                      09 ޝައްވާލް 1438

                                      03  ޖުލައި   2017

03 ޖުލައި 2017
ހޯދާ