ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސިސްޓަމް އެޑްމިނިސްޓްރޭޓަރ

އިޢުލާން

ނަންބަރު:WAMCO-CA/IUL/2017/73 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ސިސްޓަމް އެޑްމިނިސްޓްރޭޓަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން


އޮފިސަރ

މުސާރައާއި ޢިނާޔަތްތައް

މަހަކު -/12,000 އާއި -/ 17,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)

ބޭނުންވާ އަދަދު

01

ޝަރުޠު

  1. އައިޓީ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ހާސިލުކޮށްފައިވުމާއެކު، އައިޓީ މަސައްކަތާ ގުޅުންހުރި ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އައިޓީ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، އައިޓީ މަސައްކަތާ ގުޅުންހުރި ދާއިރާއިން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އައިޓީ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ހާސިލުކޮށްފައިވުމާއެކު، އައިޓީ ގުޅުންހުރި ދާއިރާއިން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޯޕަރޭޝަންގެ އައިޓީ ނެޓްވާރކް ބެލެހެއްޓުން
  2. ކޯޕަރޭޝަންގައި ބޭނުންކުރާ ހާޑްވެއަރ އަދި ސޮފްޓްވެއަރ ސިސްޓަމްތައް ބެލެހެއްޓުން
  3. އޮފީހުގެ ކަންކަން ފުރިހަމައަށް ގެންދިއުމަށް ބޭނުންވާ ސޮފްޓްވެއަރތަކާއި ހާޑްވެއަރތައް ރިސާޗް ކުރުމާއި ހޯދައި ލަފާއެރުވުން.
  4. އައިޓީ ރިކޯޑު ބެލެހެއްޓުމާއި، ދުވަހުން ދުވަހަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުން. އަދި ގަވާއިދުން އައިޓީ ކަންކަން އަޕްޑޭޓްކުރުން.
  5. އައިޓީގެ ހުރިހާ ހާޑްވެއަރ އަދި ސޮފްޓްވެއަރތަކުގެ އިންވެންޓްރީ ބެލެހެއްޓުން.
  6. އައިޓީ މަސައްކަތަކާބެހޭ ރިޕޯޓުތައް ތައްޔާރުކުރުމާއި މެނޭޖްމަންޓްމަންޓަށް މަޢުލޫމާތު ދިނުން.
  7. ނެޓްވާރކް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.
  8. އައި.ސީ.ޓީ ޕޮލިސީ ހިނގާގޮތް ބެލުމާއި، ސްޕަވައިޒަރުންނަށް ދިމާވާ ދަތިތަކާބެހޭ މަޢުލޫމާތު ދިނުމާއި، އެކަންކަން ބެލެހެއްޓުން.
  9. އޮފީހުގެ އެންމެހައި އައިޓީ މަސައްކަތްތަކާއި، އެއާ ގުޅުންހުރި މަސައްކަތްތައް ކުރުން.
  10. ކޯޕަރޭޝަންގެ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި ކޯޕަރޭޝަންގެ އެންމެ ޑިޕާޓްމަންޓްތަކާއެކު މަސައްކަތްކުރުމާއި، ކޯޕަރޭޝަން ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި ޕްރޮގްރާމްތައް ތަންފީޒުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
  11. މިނޫނަސް، އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
  • އިންޓަރވިއު

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ،
  4. ޕޮލިސް ރިޕޯޓު (ދޫކުރިފަހުން 03 މަސްދުވަސް ހަމަނުވާ)
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2017 ޖުލައި 10 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން 2017 ޖުލައި 11 ން ޖުލައި 17 އަށް ކުރިއަށް ގެންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3000581 ނުވަތަ 7584070 ފޯނަށް ގުޅުއްވުން އެދެމެވެ.

11 ޝައްވާލް 1438

05 ޖުލައި 2017

05 ޖުލައި 2017
ހޯދާ