ވާދޫ ސްކޫލް، ރ. ވާދޫ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އަންދާސީ ހިސާބު ބޭނުންވެއްޖެ

މިސްކޫލުގެ ދަރިވަރުން ކުޅޭ ސަރަހައްދު ބައެއް ތަކެތި ސްކޫލުން ދިނުމަށް ފަހު، އަމިއްލަ ތަކެތީގައި ހިޔާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވާ  ފަރާތްތަކުން 12 ޖުލައި 2017 ވާ ބުދަަ ދުވަހުގެ 11:00 ށް މިސްކޫލަށް ދުރުވެ  މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 17 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 11:00 ށް މިސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީ ހިސާބު  ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މި އުރައިގެ ބޭރުގައި ސްކޫލަށް އެޑްރެސްކޮށް  "ކުޅޭ ސަރަހައްދު ހިޔާކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޟިރުގައި 17 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލުގެ ލައިބްރަރީގައެވެ. މިބައްދަލުވުމަށް އަންދާސީ ހިސާބު ހުށަހެޅި ފަރާތަކަށް ހާޟިރުވެވެން ނެތް ނަމަ އެފަރާތެއްގެ ބަދަލުގައި އެކަން އަންގައިދޭ ލިޔުމަކާއި އެކު އެހެންފަރާތަކަށް ހާޟިރުވެވިދާނެ ކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ގަޑިޖެހޭ އިރު ހާޟިރުނުވެވޭ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިޖެހުމުގެ ފަހުން ހުށައަޅާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެކަމުގައިވެސް ދެންނެވީމެވެ.އަދި މިކަމަށް އެދި ކުރިމަތިލެވޭނީ ޤާނޫނު ނަންބަރ 2014/18 ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކާއި،ޤާނޫނު ނަންބަރު 2014/19 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.                                        

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.  

04 ޖުލައި 2017
ހޯދާ