ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ސީނިއަރ ޑިވެލޮޕަރ

މަޤާމް:

 ސީނިއަރ ޑިވެލޮޕަރ

ބޭނުންވާ އަދަދު:

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޑިވެލޮޕަރ

ސެކްޝަން:

އިންފޮރމޭޝަން ޓެކްނޮލޮޖީ ސެކްޝަން

މަޤާމް އޮތް އޮފީސް:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

މުސާރަ:

މަސައްކަތުގެ މުއްދަތު:

މަސައްކަތުގެ ވަގުތު:

މަހަކު -/25000 ރުފިޔާ

6 މަސް

8 ގަޑިއިރު

 

 

އިތުރު ޢިނާޔަތްތައް:

  1. އިތުރުގަޑީގެ ފައިސާގެ ގޮތުގައި މުސާރައިގެ 1/3 އަށްވުރެ އިތުރު ނުވާގޮތަށް ހަމަޖެހިފައިވާ އުސޫލުން  އިތުރު ގަޑި ދެވޭނެ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • އެޖެންސީ އިން ކުރިއަށް ގެންދާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ޕްރޮސެސް ކުރުމަށް ހެދިފައިވާ އެސް.ޕީ.އައި.އެސް ސިސްޓަމް ތަރައްގީކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  • އެސް.ޕީ.އައި.އެސް ސިސްޓަމްގައި މިހާރު ހަދާފައިވާ މޮޑިއުލްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އާޕްރޮގްރާމްތަކަށް ބޭނުންވާ ޑޭޓާބޭސް ތައްޔާރުކޮށް ތަޢާރަފްކުރުން.
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު ރަޖިސްޓްރީކުރުމަށް ބޭނުންވާ ސިސްޓަމް ގާއިމުކޮށް މިހާރު އެމައުލޫމާތު ރައްކާކުރެވިފައިވާ ސިސްޓަމުން ގާއިމުކުރެވޭ ސިސްޓަމަށް ބަދަލުކުރުމުގެ މަސައްކަތް ކުރުން.
  • އޮންލައިން ގަވަރމަންޓް-ސިޓިޒަން ސަރވިސަސް ބޭނުންކޮށްގެން އެންސްޕާއިން ކުރިއަށް ގެންދާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ކުރުން.
  • އެންސްޕާއިން ކުރިއަށް ގެންދާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާގުޅޭ ގޮތުން ކަމާބެހޭ ދައިރާތަކަށް ބޭނުންވާ މައުލޫމާތު އެދާއިރާތަކަށް ފޯރުކޮށްދިނުމާއި އަދި އެދާއިރާތަކުން އެޖެންސީއަށް ހޯދަންޖެހޭ މަޢުލޫމާތު އެސްޕީއައި.އެސް މެދުވެރިކޮށް ހޯދޭނެ ސިސްޓަމެއް ޤާއިމުކުރުމާއި އަދި އެ ސިސްޓަމް ތަރައްގީ ކުރުމަށް ހަދަންޖެހޭ މޮޑިއުލްތައް ހެދުމުގެ މަސައްކަތް ކުރުން.
  • އެންސްޕާއިން ކުރިއަށް ގެންދާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާ ގުޅޭގޮތުން ބޭނުންވާ ތަފާސް ހިސާބުތަކާއި މައުލޫމާތު ރިޕޯރޓުތައް އެސްޕީ.އައި.އެސް މެދުވެރިކޮށް ނެގޭނެ ނިޒާމެއް ޤާއިމުކޮށް އެމަސައްކަތް ކުރާ މުވައްޒަފުންނަށް ކަމާގުޅޭ ތަމްރީނު ދިނުން.
  • އެންސްޕާއަށް ލިބޭ ލިޔެކިޔުންތައް މެނޭޖްކުރުމަށް ބޭނުންކުރާ އީއެންސްޕާ ތަރައްގީކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން. އަދި އީއެންސްޕާއަށް އިތުރަށް ގާއިމުކުރަންޖެހޭ މޮޑިއުލްތައް ގާއިމުކުރުމާއި ތަންފީޒުކުރުމުގެ މަސައްކަތް ކުރުން.
  • އެންސްޕާގެ ވެބްސްއިޓް އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ މައުލޫމާތު ކަމާގުޅޭފަރާތްތަކަށް ފޯރުކޮށްދިނުމަށް ރަނގަޅުގޮތަކަށް ތަރައްގީކުރުން.
  • އެންސްޕާގެ އައި.ޓީ ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް އެސް.ޕީ.އައި.އެސް ބެލެހެއްޓުމަށް ބޭނުންވާ ޓްރެއިނިންގތައް ރާވައި އޮންދަޖޮބް ޓްރެއިނިންގގެ ގޮތުގައި ހިންގުން.

 

މަޤާމުގެ ޝަރުޠުތައް:

 

 

 

 

 

 

 

އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ސޮފްޓްވެއަރ އިންޖީނިއަރިންގ ނުވަތަ ކޮމްޕިޔުޓަރ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކެ، ސޮފްޓްވެއަރ ޑެވެލޮޕްމަންޓްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ތަޖުރިބާ ތެރޭގައި މަދުވުގެން 3 ސޮފްޓްވެއަރ ޕްރޮޖެކްޓް އެއް ހަދައިފައިވުން ނުވަތަ އެފަދަ ޕްރޮޖެކްޓް އެއްގައި އެކަށީގެންވާ ހައިސިއްޔަތެއްގައި އަމަލީގޮތުންމަސައްކަތް ކޮށްފައިވުން.

 

ނުވަތަ

 

އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ސޮފްޓްވެއަރ އިންޖީނިއަރިންގ ނުވަތަ ކޮމްޕިޔުޓަރ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކެ، ސޮފްޓްވެއަރ ޑެވެލޮޕްމަންޓްގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ތަޖުރިބާ ތެރޭގައި މަދުވުގެން 2 ސޮފްޓްވެއަރ ޕްރޮޖެކްޓް އެއް ހަދައިފައިވުން ނުވަތަ އެފަދަ ޕްރޮޖެކްޓް އެއްގައި އެކަށީގެންވާ ހައިސިއްޔަތެއްގައި އަމަލީގޮތުންމަސައްކަތް ކޮށްފައިވުން.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  4. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.nspa.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ޖުލައި 2017 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު)  އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3003535 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.   

އިންޓަވިއު އަދި އިމްތިޙާނާއި ޕްރެޒެންޓޭޝަނ އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނީ،ނުވަތަ ޖުލައި 2017 އާއި އޯގަސްޓް 2017 އާ ދެމެދު  ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)،ކ.މާލެ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

30% (ތިރީސް އިންސައްތަ)

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 ނުވަތަ 3005353 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3003535 އެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

03 ޖުލައި 2017
ހޯދާ