މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1        މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލުގައި ހިނަވާގެއެއް ޢިމާރާތް ކޮއްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

 2.  ބީލަން ފޮތް ދޫކުރުމަށް ހަމަޖެހިފައިވަނީ ޕްރީބިޑް ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކައް އެކަންޏެވެ. މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 05 ޖުލައި 2017 ވާ (ބުދަ) ދުވަހުގެ  10:00 ގައި ބ.ކުޑަރިކިލު ކައުންސިލް އިދާރާގެ     ކޮންފަރެންސް ރޫމްގައެވެ.            

3  ބިޑް ހުޅުވުން އޮންނާނީ 13 ޖުލައި 2017 ވާ (ބުރާސްފަތި) ދުވަހުގެ 10:30 ގައި މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ރޫމް  ގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މައުލޫމާތު ލިޔެފައި ހުންނަން ވާނެއެވެ.

ހ. "މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލުގައި ހިނަވާގެއެއް ޢިމާރާތްކުރުމުގެ މަސައްކަތް"

ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

4.  ބީލަމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ ބީލަން ޤަބޫލު ނުކުރެވޭނެއެވެ.

 

                މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

02 ޖުލައި 2017
ހޯދާ