އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖުމަންޓް ސްޕަވައިޒަރ

 

އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ

އއ.މާޅޮސް / ދިވެހިރާއްޖެ 

                                                             

                                                                    ނަންބަރު:(IUL)345-CAA/345/2017/28 

އިޢުލާން

 

ވަޒީފާގެ ފުރުޞަތު (މިއިދާރާގެ ތިރީގައި އެވާ މަގާމަށް ކޮންޓްރެކްޓް އުސޫލުން 6 މަސް ދުވަހުގެ މުއްދަތައް މީހަކު ހޯދަން ބޭނުންވެއެވެ.)

 

 

މަޤާމް:

ވޭސްޓް މެނޭޖްމަންޓް ސްޕަވައިޒަރ

 

އޮފީސް / އިދާރާ

އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ

 

ބޭނުންވާ ޢަދަދު:

ސެކްޝަން:

މުސާރަ:

އެލަވަންސް:

މަގާމުގެ ޝަރުތު:

 

 

މަގާމުގެ މަސްއޫލިއްޔަތުތައް:

01 (އެކެއް)

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މަހަކު -/3000 ރުފިޔާ

މަސައްކަތައް ނިކުންނަ ކޮންމެ ދުވަހަކަށް -/97 ރުފިޔާ

  1. އަސާސީ ތަޢުލީމު ފުރިހަމަކޮށްފައިވުން.
  2. އުމުރުން 55 އަހަރުވެފައިވާ މީހަކު ކަމުގައި ނުވުން.

 

  1. ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން ރަށުގެ ކުނި ގޮނޑަށް ގެންނަ ކުނި ދުވަހުން ދުވަހަށް އަންދާ ނައްތާލުމުގެ މަސައްކަތް ކުރުން.
  2. ކުނި ގޮނޑަށް ގެންނަ ކުނިވާ ޒާތުގެ ތަކެތި ދުވަހުން ދުވަހަށް ކައުންސިލުން ކަނޑައަޅާ ތަނަކަށް އަޅާ ނައްތާލުން.
  3. ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކުރަން ކައުންސިލުން ހަމަޖައްސާފައިވާ ލޭބަރުންގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  4. ގޮނޑާއި އިޖުތިމާއީ ސަރަހައްދުތައް ސާފުކުރުމަށް ބޭނުންވާ ތަކެތި ކައުންސިލުން ހޯދާ، ލޭބަރުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
  5. ގޮނޑާއި އިޖުތިމާއީ ސަރަހައްދުތަކުގައި މަސައްކަތް ކުރުމަށް ބޭނުންކުރާ ތަކެތި ސާފުތާހިރުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު
  2. ލިބިފައިވާ މަސައްކަތު ތަޖުރިބާ
  3. 3.      ލިބިފައިވާ ހުނަރު

  މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށް ފަހު ޖެހިގެން އަންނަ މަސައްކަތު 7 ދުވަހުގެ ތެރޭގައި އޮންނާނެ އެވެ. އިންޓަރވިއު އޮންނަތަނާއި ތާރީޚާއި ގަޑި ފަހުން އެންގޭނެ އެވެ.

 

 

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

މި މަގާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ އއ.މާޅޮހު ކައުންސިލް އިދާރާގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 2017  ޖުލައި 06 ވާ ބުރާސްފަތި ދުވަހު މެންދުރު ފަހު 14:00 ގެ ކުރިންނެވެ. ފޯމު ހުށަހަޅާނީ، އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ އަށެވެ.

 

         

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އއ.މާޅޮހު ކައުންސިލް އިދާރާގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. (އއ.މާޅޮހު ކައުންސިލްގެ އިދާރާއިން ފޯމް ލިބެން ހުންނާނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6660059 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

 

 

20 ޖޫން 2017

 

 

 

 

20 ޖޫން 2017
ހޯދާ