ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕާކްހަޓް ކުއްޔަށް ދިނުން

                                                   

ޕާކުހަޓް ކުއްޔަށް ދޫކުރުން

 

                  ކުރިން ބީޗުސްޕޮޓް ހިންގި ބިން "ޕާކްހަޓް" 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ކުރެވުނު މިއިދާރާގެ ނަންބަރު 401-IUL(MU)/2016/65 (18 ސެޕްޓެމްބަރ 2016) އިޢުލާން ބާތިލް ކުރުމަށްފަހު، މިކަމަށް ސައުޤުވެރިވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

ކުއްޔަށް ދޫކުރާ ބިމާބެހޭ މަޢުލޫމާތު

 

ބިންއޮތް ތަން

ބިމުގެ ބޮޑުމިން

ކުއްޔަށްދޭ ބޭނުން

ހުޅަނގުން ބަނދަރުމަގާއި އިންވެގެން، އިރުން ބޮޑުތަކުރުފާނުމަގާއި އިންވެގެން، ދެކުނުން ކުޑަކުދިންގެ ޕާކް އަދި އުތުރުން އަންދަލީބުމަގާއި އިންވެގެން

7903 އަކަފޫޓް

ރެސްޓޯރެންޓް ހިންގުމާއެކު އެހެން ވިޔަފާރިއެއް ކުރުން

 

 

ބިން ކުއްޔަށް ދޫކުރުމާއި ބެހޭ މަޢުލޫމާތު ދިނުމާއި ޕްރޮޕޯސަލް ހުށަހެޅުން

 

  • މަޢުލޫމާތު ސާފުކޮށްދޭ ތާރީޚާއި ގަޑި

22 ޖޫން 2017 (ބުރާސްފަތި)، 11:00

  • ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި

02 ޖުލައި 2017 (އާދީއްތަ)، 11:00

 

                  ވީމާ، މިބިން ކުއްޔަށް ނެންގެވުމަށް ސައުޤުވެރިވެލައްވާ ފަރާތްތަކުން  ކަނޑައެޅިފައިވާ ވަގުތަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް އަދި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތަކީ ދިވެހި ރައްޔިތަކަށް ވާންޖެހޭނެއެވެ.

 

                  14 ޖޫން 2017

                  19 ރަމަޟާން 1438

14 ޖޫން 2017
ހޯދާ