ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ގައި ބޭއްވި އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގެ ސެޓްފިކެޓް ދޫކުރުން:

ނަންބަރު: IUL)120/120/2017/23)

 

އިޢުލާން

2017 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ގައި ބޭއްވި އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގެ ސެޓްފިކެޓް ދޫކުރުން:

 

2017 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ބޭއްވި އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގެ ސެޓްފިކެޓް 2017 ޖޫން 05 ވާ ހޯމަ ދުވަހުން ފެށިގެން 2017 ޖޫން 19 ވާ ހޯމަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުން ދޫކުރާނެއެވެ. ސެޓްފިކެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:00 ން 13:45އަށެވެ. ސެންޓަރުތަކުން ދޫކުރާ ދުވަހެއް ކަނޑައަޅާނީ އެސެންޓަރަކުންނެވެ.

މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސެޓްފިކެޓް ނަގަން އަންނައިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެ މީހެއްގެ އައި.ޑީ.ކާޑާއި ކެންޑިޑޭޓުގެ އައި.ޑީކާޑު ގެންނަންވާނެއެވެ. ސެންޓަރުތަކުގެ ސެޓްފިކެޓްތައް ދޫކުރެވޭނީ ސެޓްފިކެޓްތަކާ ހަވާލުވާމީހާގެ އައި.ޑީ.ކާޑާއި ސެންޓަރުގެ ލިޔުމެއް ހުށައެޅުމުންނެވެ.

5 ރަމަޟާން 1438

31    މޭ 2017 

31 މޭ 2017
ހޯދާ