މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

                                                 ނަންބަރު: IUL)297-AD/297/2017/11 

އިޢުލާން

ވަޒީފާގެ ފުރުޞަތު

        މި އިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ނަންބަރު:

J- 288523

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް

މަޤާމް އޮތް އޮފީސް:

މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ / ނ.ވެލިދޫ

މުސާރަ:

-/5610ރ (ފަސްހާސް ހަސަތޭކަ ދިހަރުފިޔާ)

ސަރވިސް އެލަވަންސް:

-/2000ރ (ދެހާސް ރުފިޔާ)

އިތުރު ޢިނާޔަތްތައް:

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވެލިދޫގެ ތަރައްޤީގެ ހަރަކާތްތަށްހިންގުމަށް ބޭނުންވާފައިސާހޯދުމަށް މަސައްކަތްކުރުމާ ރަށުކައުންސިލުން ނަގާ ލޯނު ހިސާބުތައް ބެލެހެއްޓުން.
  2. ރަށުފެންވަރުގައި ރަށުކައުންސިލުންދޭންޖެހޭ ޚިދުމަތްތައްފޯރުކޮށް އެކިފަރާތްތަކާ ވިޔަފާރީގެ މުޢާމަލާތުތައް ހިންގުން.
  3. ރަށުގައި ދެވޭ ޔުޓިލިޓީސްގެ ޚިދުމަތްތަކުގެ ރެކޯޑް ބެލެހެއްޓުން.
  4. ރައްޔިތުންގެ ނަމުގައި ކުރަމުންގެންދާ ވިޔަފާރިތަކާއި އަމިއްލަފަރާތްތަކުންނާއި ކުންފުނިތަކާ އެހެނިހެން ފަރާތްތަކަށް ކުރަމުންދާ ވިޔަފާރިތަކާބެހޭ އެންމެހާ ކަންކަން ބެލެހެއްޓުމާ، ޤަވާޢިދާޚިލާފްވާ ފަރާތްތަކާ މެދު ފިޔަވަޅުއަޅަމުންގެންދިއުމާއި، އަދި ކައުންސިލުންކުރެވިދާނެ ވިޔަފާރިތަކާބެހޭ ދިރާސާކޮށް ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ތަކެތިހޯދުމަށް ޕްރޮޕޯޝަލްތައްޔާރުކޮށް ހުށައަޅަންޖެހޭ ފަރާތްތަކަށް ހުށައެޅުމާ އެކަމާގުޅޭ މަސައްކަތްތައް ނިންމުން.
  5. ރަށުތަރައްޤީއަށް ހިންގޭޕްރޮގްރާމްތަށް ހިންގާނެފަރާތްތައްހޯދާ އެފަރާތްތަކާއެކު އެގްރިމެންޓްތައްހެދުން.

 

  1. ކައުންސިލްގެނަމުގައި ބިންބިމާއި، ފަރާއި، ފަޅުހޯދުމާއި، މިފަދަތަންތަން އެހެންފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި އިންވެސްޓްކުރުމާއި، އެކަންކަމުންނަފާހޯދުމާ، އަދި މިއިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކްކުރުމުގެ އެންމެހާ މަސައްކަތްކުރުން.
  2. ކައުންސިލްބެލުމުގެދަށުގައި ހުންނަ އުފުލޭ އަދި ނުއުފުލޭމުދާ ޤަވާޢިދުތަކުގައިވާ ގޮތުގެމަތީން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުން. އަދި އެފަދަ ތަންތަނުގެ ކުލި ޤަވާޢިދުން ކައުންސިލްގެ އިދާރާއަށް ލިބެމުންދޭތޯބަލާ މޮނިޓަރކޮށް، ކުލިނުދައްކާ ފަރާތްތަކުން ކުލިހޯދުމަށް މަސައްކަތް ކުރުން.
  3. ދިވެހިރާއްޖޭގެ ޤާނޫނުތަކާއެއްގޮތްވާގޮތުގެމަތީން ރަށުގެފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑު ވެރިކަމާއި، އެހެނިހެން ސިނާޢަތްތައް ކުރިއެރުވުމަށް މަސައްކަތްކުރުން.
  4. ކައުންސިލްގެ ބިޒްނަސްޕްލޭން އެކުލަވާލާ އެޕްލޭންތަންފީޛްކުރަމުން ގެންދިއުން.
  5. ކައުންސިލްގެ ބެލުމުގެ ދަށުގައިހުންނަ ފަޅުރަށްރަށާއި، ފަރުފަރާއި، ފަޅުފަޅާއިބެހޭ އެންމެހާ ކަންކަމާއި، އެތަންތާނގެ ރަޖިސްޓްރީތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. ރަށުކައުންސިލްގެނަމުގައި ހުންނަ ފަޅުރަށްރަށާ ވެހިކަލްތަކާއި، ބިންބިމާ ޢިމާރާތްތަކާއި އެފަދަ ތަންތަނާއި، ތަކެތި ބޭނުންކުރުމާއި،އެފަދަ ތަންތަނާއި ތަކެތީގެ އަހަރީފީ ދެއްކުމާއި، ކުއްޔަށް ދޫކުރުމާއިބެހޭގޮތުން ހިންގަންޖެހޭ އެންމެހާ މުޢާމަލާތު ހިންގުން.
  7. ޓޫރިޒަމް ސިނާއަތާގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
  8. ރަށުގާހުރި ކަނޑުއުޅަނދުފަހަރާ، އެއްގަމުއުޅަދުފަހަރާއި، ވިޔަފާރިކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާޢަތުގެ މަޢުލޫމާތާއެއްކޮށް ބެލެހެއްޓުން.
  9. ކަނޑުއުޅަދުފަހަރުގެ ސަލާމަތީސެޓްފިކެޓްތަކާ އެހެނިހެން ސެޓްފިކެޓްތައް ދޫކުރުމާބެހޭ ކަންކަން ބެލެހެއްޓުން.
  10. މަސްވެރިއުޅަނދުފަހަރަށް ދޫކުރާ މަސްވެރިކަމާބެހޭ ސެޓްފިކެޓްދޫކުރުން.
  11. އެއްގަމު އުޅަނދުދުއްވުމުގެ ލައިސަންސްދޫކުރުމާބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންކަންކުރުން.
  12. ނިމޭމައްސަލަތައް ދުވަހުން ދުވަހަށް ރައްކާތެރިކަމާއެކު ފައިލްކުރުން
  13. މަސައްކަތަށް ބޭނުންވާތަކެތި ހޯދުމާއި ރައްކާތެރިކަމާއެކު އެތަކެތި ބެލެހެއްޓުން.
  14. މައްސަލަ ރަޖިސްޓްރީއާ ޔައުމިއްޔާނޯޓް ދުވަހުންދުވަހަށް ލިޔެބެލެހެއްޓުން.
  15. ލިޔަންޖެހޭ ސިޓީ / މެސެޖްފަދަ ލިޔެކިޔުންތައް ލިޔުމާއި ލިޔެކިޔުންތައް ބެލެހެއްޓުން.
  16. އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވަންޖެހޭ ތާރީޚްއަށް (މެއިލްކޮށް / ފެކްސްކޮށް) ފޮނުވުމާއި ހަވާލުކުރުން.

 

  1. ޔުނިޓުން ހިންގާ މުހިއްމު ހަރަކާތްތަކުގެ ޔައުމިއްޔާނޯޓް ދުވަހުންދުވަހަށް CA  ޔުނިޓްއާ ހަވާލު ކުރުން.
  2. އިދާރާގެ ފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބާ، ވޯކްޝޮޕްފަދަ ކަންކަމާއި ގުޅިގެން ކުރަންޖެހޭ އިދާރީ ކަންކަން އިންތިޒާމްކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
  3. ކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / އޮފީސް އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / އޮފީސް އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ:
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / އޮފީސް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލްކޮށް ފައިވުން. ނުވަތަ:
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / އޮފީސް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށް ފައިވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖްރިބާ
  3. އިންޓަރވިއުކޮށްގެން
  4. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ނ.ވެލިދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017ޖޫން 07 ވާ ބުދަދުވަހުގެ 13:30 ގެ ކުރިން، ނ.ވެލިދޫކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. ފެކްސް ނަންބަރަކީ، 6560094 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭހުރިހާލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2017ޖޫން11އާއި 2017 ޖޫން12އާ ދެމެދު، މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ ކައުންސިލުގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑަ އަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދަށްވެގެން ލިބެންޖެހޭ ޖުމްލަ %30 (ތިރީސް އިންސައްތަ) ކަމުގައި ވާންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560010 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6560094 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

                                  03 ރަމަޟާން 1438  

29  މެއި  2017

   

                                                      

29 މޭ 2017
ހޯދާ