މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މި ސަރވިސްއަށް ބައެއްތަކެތި ހޯދުމަށް ބޭނުންވެއްޖެ

      މި ސަރވިސްގައި ބޭނުންކުރުމަށް ހޯދާފައިވާ އެކްސްރޭ މެޝިން އަދި ޑެންޓަލް ޗެއަރ އަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރ: (IUL)167-PR/167/2017/10 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

01 ޖޫން 2017

ބުރާސްފަތި

11:00

އަންދާސީ ހިސާބު ހުށަހެޅުން

04 ޖޫން 2017

އާދިއްތަ

11:00

 

29  ޝައުބާން  1438

25    މެއި   2017   

25 މޭ 2017
ހޯދާ