ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ގއ.އަތޮޅު ހޮސްޕިޓަލް ފޮޅާ ސާފުކުރުން

 

                                                             ނަންބަރު:  IUL)GAAH/2017/10169)

                                           އިޢުލާން


ގއ. އަތޮޅު ހޮސްޕިޓަލް ފޮޅައި ސާފުކުރުމާބެހޭ:

                  މި ހޮސްޕިޓަލުގެ ޢިމާރާތްތަކާއި ގޯތި، އަދި ވަށައިގެންވާ މަގުތައް ކުނިކަހައި ފޮޅާ ސާފުކުރުމުގެ މަސައްކަތް 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް އުސޫލުން، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:   (IUL)GAAH/2017/1011 އިޢުލާނާއި ގުޅިގެން ދީފައިވާ މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން އެފުރުސަތު އަލުން  ހުޅުވާލަމެވެ.

                   ވީމާ، މި މަސައްކަތް 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް އުސޫލުން، އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ޖޫން 2017 ވާ އާދީއްތަ ދުވަހުގެ 14:30 އަށް ގއ. އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޖޫން 2017 ވާ އާދީއްތަ ދުވަހުގެ 14:30 އަށް ގއ. އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެން އަންދާސީ  ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.      

                  22  މެއި 2017                                           

 

 

 

 

22 މޭ 2017
ހޯދާ