ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ކޭލަކުނު ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ހދ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މިއަތޮޅު ފަޅުރަށްތަކުގެ ތެރެއިން ތިރީގައިމިވާ ރަށް ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރީމެވެ.

#

ރަށް

ހެކްޓަރ

1

ހދ.ކޭލަކުނު

80.23

 

ވީމާ، މިރަށް ބެލެހެއްޓުމަށް އެދޭ ފަރާތްތަކުން 18 މެއި 2017 ވާ ބްރާސްފަތި ދުވަހު 10:30 ށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 މެއި 2017 ވާ ބްރާސްފަތި ދުވަހު 10:30 ށް މިއިދާރާއަށް ޙާޟިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅުއްވަން ޖެހޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު އައި.ޑީ. ކާޑުގެ އަސްލުގެންނެވުން އެދެމެވެ.

09 މޭ 2017
ހޯދާ