ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސޮފްޓްވެއަރ ޑިވެލޮޕްކުރުމާއި (ޕްރޮގްރާމްކުރުމާއި) ގުޅޭގޮތުން ބާއްވާ އޯޕަން ޑޭ

މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ޔުނިވަރސިޓީ/ކޮލެޖް ދަރިވަރުންނަށް އަމާޒުކޮށް ކޮމްޕިއުޓަރ ސޮފްޓްވެއަރ ޑިވެލޮޕްކުރުމާއި (ޕްރޮގްރާމްކުރުމާއި) ގުޅޭގޮތުން ބާއްވާ އޯޕަން ޑޭ 10 އޮކްޓޫބަރު 2013 ވާ ބުރާސްފަތިދުވަހު ހެދުނު 10:00އިން 15:00އަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި އޮންނާނެއެވެ. މި އޯޕަން ޑޭ އަމާޒުކުރަނީ ޔުނިވަރސިޓީ/ކޮލެޖް ތަކުގައި ކޮމްޕިއުޓަރ ސައިންސް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ޑިގްރީ/ޑިޕްލޮމާ ކޯހުގެ ފަހު އަހަރުގައި އުޅުއްވާ ދަރިވަރުންނަށާއި ޑިގްރީ/ޑިޕްލޮމާ ފުރިހަމަ ކުރައްވާފައިވާ ބޭފުޅުންނަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 10 އޮކްޓޫބަރު 2013 ވާ ބުރާސްފަތިދުވަހު ހެދުނު 10:00އިން 15:00އާ ދެމެދު ވަޑައިގެންނެވުމަށް ދަޢުވަތު އަރުވަމެވެ.

‏02 ‏ޛުލްޙިއްޖާ‏ 1434

07 އޮކްޓޫބަރު 2013
ހޯދާ