މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޅ. އަދި ދ. އަތޮޅުން ވަރުވާއަށް ދޫކުރާ ބައެއް ރަށްތަކާގުޅޭ

ނަންބަރު: IUL)30-E/30/2017/51)

އިޢުލާން

މި މިނިސްޓްރީގެ ނަންބަރު:(IUL)30-E/30/2017/41 (20 އެޕްރީލް 2017) އިޢުލާނުން ވަރުވާއަށް ދޫކުރުމުގެ ގޮތުން ޅ. އަދި ދ. އަތޮޅުން އިޢުލާނު ކޮށްފައިވާ ރަށްރަށުގެ މަޢުލޫމާތު ދިނުން، ޕްރޮސެސިންގ ފީ ބަލައިގަތުމާއި، އަދި ބިޑް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ ގޮތުގެ މަތިންނެވެ.

 

#

ތާރީޚް

ގަޑި

މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ،

10 މެއި 2017 ވާ ބުދަ ދުވަހު، ވެލާނާގެ 2 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި

10:00 އިން، 11:00 އަށް،

ޕްރޮސެސިންގ ފީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ،

15 މެއި 2017 އިން، 18 މެއި 2017 ގެ ނިޔަލަށް، މިނިސްޓްރީގެ ކައުންޓަރ އިން،

ހެދުނު 9:00 އިން 13:00 އަށް،

ބިޑް ބަލައިގަތުމަށް ހަމަޖެހިފައިވަނީ،

22 މެއި 2017 ވާ ހޯމަ ދުވަހު ކަސްޓަމްސް ގެ 8 ވަނަ ފަންގިފިލާ މީރުބަހުރު މާލަމުގައި

10:00 ގައި

 

 

 

 

 

 

 

 

 

 

 

02 މެއި 2017

 

02 މޭ 2017
ހޯދާ