ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ބްލޮކް 3 (5 ކުލާހުގެ ޢިމާާރާތް) ނީލަންކިއުން

ނީލަމުގައި ބައިވެރިވުމުގެ ދައްވަތު

މި މަދަރުސާގެ ބްލޮކް 3 ( 5 ކުލާހުގެ ޢިމާރާތް) ނީލަމުގައި ވިއްކާލުމަށް ނިންމައިފީމެވެ.  މި ޢިމާރާތަކީ 125x25.4 ފޫޓުގެ ޢިމާރާތެކެވެ.

ނީލަނ ފެށުމަށް ހަމަޖެހިފައިވަނީ 50000.00 ( ފަންސާސް ހާސް ރުފިޔާ) އިންނެވެ. މަދުވެގެން އިތުރުކުރެވޭނީ ފަހަރަކަށް 1000.00 (އެއްހާސް ރުފިޔާ) އެވެ.

ނީލަން ކާމިޔާބުކުރާ ފަރާތުން، ވަގުތުން ފައިސާ ދެއްކުމާއި، ނީލަން ނިމޭ ވަގުތުން ފެށިގެން 45 (ސާޅިސް ފަހެއް) ދުވަހުގެ ތެރޭގައި ޢިމާރާތް ރޫޅާލުމަށްފަހު ބިންސާފުކޮށްދޭން ޖެހޭނެއެވެ. ކިޔެވުން އޮންނަ ރަސްމީ ދުވަސްތަކުގައި މަސައްކަތްކުރެވޭނީ މެންދުރު 13:30 ގެ ފަހުންނެވެ. މުއްދަތު ހަމަވުމަށްފަހު އިތުރަށް ހިނގާދުވަސްތަކަށް ދުވާލަކަށް 500.00 (ފައްސަތޭކަރުފިޔާ) ގެ ޖޫރިމާނާއެއް އަރަމުންދާނެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާފަރާތްތަކުން، 2017 މެއި 11 (ބުރާސްފަތި) ދުވަހުގެ ހަވީރު 4:00 އަށް ހއ. އަތޮޅު މަދަރުސާއަށް ވަޑައިގެންދެއްވުންއެދި ދަޢްވަތު އަރުވަމެވެ.

އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6500048 ނަމްބަރު ފޯނަށް ގުޅުއްވުމަށް ދެންނެވީމެވެ.

 

                   26 ރަޖަބު 1438          

                23 އޭޕްރީލް 2017

 

23 އޭޕްރިލް 2017
ހޯދާ