ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސެކިއުރިޓީ ގާރޑް

އިޢުލާން

ނަންބަރު:WAMCO-CA/IUL/2017/070  

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ސެކިއުރިޓީ ގާރޑް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން


އެސިސްޓެންޓް

މުސާރައާއި ޢިނާޔަތްތައް

މަހަކު -/6,000 ރުފިޔާއާއި -/7,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ލިބިލައްވާނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް  /  ސ.ހިތަދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރ

ބޭނުންވާ އަދަދު

05

ޝަރުޠު

  1. ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން
  2. ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭފަދަ ފަރާތެއްކަމުގައިވުން
  3. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން
  4. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ޑިއުޓީކުރުމާއި، ސ.ހިތަދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރގައި ވޭސްޓް މެނޭޖްމެންޓް ކޯރޕަރޭޝަންގެ ފަރާތުން ކުނި މެނޭޖްކުރާ  ސަރަހައްދު ބެލެހެއްޓުން.
  2. ސ.ހިތަދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ވަނުން މަނާ އެއްގަމު ދުއްވާ އުޅަނދުފަހަރު އެސަރަހައްދަށް ވަނުން ހުއްޓުވުން
  3. ސ.ހިތަދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރ ގައި ކުރުން މަނާ އެއްވެސް އަމަލެއް ހިނގާނަމަ އެކަން ހުއްޓުވުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން
  4. ޤަވާއިދާއި ޚިލާފު އެއްވެސް ކަމެއް ހިނގާތޯ ފަރުވާތެރިވެ ބެލުމާއި އެކު އެފަދަ ކަމެއް ހިނގައިފިނަމަ ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުން
  5. ތަނުގައި ދިމާވާ މައްސަލަތައް، ކަމާބެހޭ ވެރިންނަށް، ހިނދުން ހިނދަށް، ޤަވާއިދުން ރިޕޯޓްކުރުން
  6. އަދި މިނޫނަސް ކުންފުނިން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • މީހުންނާއި ރަނގަޅަށް މުއާމަލާތްކުރަން އިނގޭ ފަރާތެއްކަމުގައިވުން

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ،
  4. ޕޮލިސް ރިޕޯޓު (ނެގި ފަހުން 03 މަސްދުވަސް ހަމަނުވާ)
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2017 އޭޕްރިލް 23 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން 2017 އޭޕްރިލް 25 އިން މެއި 3 އަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ސ.ހިތަދޫ ސެންޓަރގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3000581 ނުވަތަ 7584070 ފޯނަށް ގުޅުއްވުން އެދެމެވެ.

21 ރަޖަބް 1438

18 އޭޕްރިލް 2017

18 އޭޕްރިލް 2017
ހޯދާ